ޢިބްރަތްތެރި ވާހަކަ: ފައިސާ ހުށަހެޅުމުންވެސް, ބިރުދެއްކުމުންވެސް ޒިނޭނުކުރި އަންހެނެއްގެ ބޮލުގަ ޒިނޭގެ ދޮގު އިލްޒާމް އެޅުވި މީހެއްގެ ގުނަވަނުން ދިލަނަގައި ޖެހުނު ޙާލުގެ ވާހަކަ-

ކިޔުމަށް ހޭދަވާނީ 2މ 22ސ
ޢިބްރަތްތެރި ވާހަކަ: ފައިސާ ހުށަހެޅުމުންވެސް, ބިރުދެއްކުމުންވެސް ޒިނޭނުކުރި އަންހެނެއްގެ ބޮލުގަ ޒިނޭގެ ދޮގު އިލްޒާމް އެޅުވި މީހެއްގެ ގުނަވަނުން ދިލަނަގައި ޖެހުނު ޙާލުގެ ވާހަކަ-

އެއީ ފަޤީރުން ގިނަ އަދި ވަރަށް ކުޑަކުޑަ އަވަށެކެވެ. އެހެންކަމާއިއެކުގައިވެސް ޒިނޭކުރުން މަދު އަވަށެކެވެ. އެއްވެސް މީހަކު ޒިނޭކުރިކަން އެނގިއްޖެނަމަ އަވަށުގެ އެންމެން ނުކުމެ އެމީހަކަށް އަދަބުދޭ އަވަށެކެވެ. 

ކޮންމެ ތަނެއްގައިވެސް ބޮޑެތި ޝައިޠޯނުންތައް އުޅޭތީ އެއަވަށުގައިވެސް ބޮޑެތި ޝައިޠޯނުން އުޅެއެވެ. އެއިން ޝައިޠޯނަކު ތަޤްވާވެރި ޒުވާން އަންހެން ކުއްޖަކާއި ޒިނޭކުރަން ބޭނުންވެގެން މަސައްކަތްކޮށްކޮށްވެސް އެކުއްޖާ އެފުރުޞަތެއް ނުދިނެވެ. 

އެންމެ ފަހުން އެމީހާ އައިރުޅީގައި އެއަންހެންކުއްޖާއަކީ ކަސްބީ އަންހެނެއްކަމަށް ދައްކުވަންވެގެން ފޮޓޯތަކެއް އެޑިޓްކޮށް އޭނާ ފަޟީޙަތް ކުރަން ނިންމިއެވެ. އަދި ޒިނޭ ނުކުރިނަމަ ފަޟީޙަތް ކޮށްލާނެ ކަމުގެ އިންޒާރު އެކުއްޖާއަށް ދިނެވެ. އެވަރުންވެސް އެކުއްޖާ އެކަމަށް ދެކޮޅުހެދިއެވެ. އެކުއްޖާ ބުނަމުން ދިއައީ ﷲ ތަޢާޅާ ޙަރާމް ކުރެއްވެވިކަމެއް މިހައިތަނަށް ވެސް ނުކުރާ ކަމަށާއި ނުވެސް ކުރާނެ ކަމަށެވެ. ދޮގު އިލްޒާމް އަޅުވައިފިނަމަ ﷲ ތަޢާލާ އެކަމަކުން އޭނާ ސަލާމަތްކުރައްވަވާނެ ކަމަށެވެ. 

ކޮންމެއަކަސް އެ ޝައިޠޯނާ ފޭސްބުކް މެދުވެރިކޮށް އެކުއްޖާގެ ބޮލުގައި ދޮގުތުހުމަތު އެޅުވިއެވެ. އެކަމުގެ ޙަޤީޤަތަށް ބެލުމެއް ނެތި ގިނަބައަކު އޭނާއަށް މަލާމާތާއި ފުރައްސާރަކުރަންފެށިއެވެ. އެހްނެވެ ގަތް ލަދުން ކުއްޖާ ކޮޓަރިން ބޭރަށްވެސް ނުނުކުމެ އިންނަން ޖެހުނެވެ. އޭނާ ކޮޓަރީގައި އިނދެގެން ގެންދިއައީ ދުޢާކުރަމުންނެވެ. އެނުބައި، ދޮގު އިލްޒާމުން އޭނާ ސަލާމަތްކޮށްދެއްވެވުން އެދިގެންނެވެ.

3 ވަނަ ދުވަހުގެ ހަވީރެވެ. ބައަކު އެގޭދޮށަށް އެއްވެ އެކުއްޖާއަށް އެއްޗެތި ގޮވަން ތިއްބައި މީހަކު ދުވަމުން އައެވެ. އޭނާ ހުރީ އޭނާގެ ގުނަވަން އަތަށް ލައިގެންނެވެ. އައިސް ކޮތަޅެއްގެ މަތީގައި ގުނަވަން ބާއްވައިގެންނެވެ. ކޮތަޅުން ގެންދިއައީ ގުނަވަން މޮޑެމުންނެވެ.

އޭނާ ބުންޏެވެ. "އެންމެން އަޑުއަހާށެވެ! އެއަނހެންކުއްޖާއަކީ ޢަބުރުވެރިއެކެވެ. ޢިއްފަތްތެރިއެކެވެ. އަހަރެން އޭނާ އާއި ޒިނޭކުރަން ވަރަށް މަސައްކަތްކުރީމެވެ. ފައިސާވެސް ހުށަހެޅީމެވެ. ބިރުވެސް ދެއްކީމެވެ. އެކަމަކު އޭނާ ދެކޮޅުހެދީއެވެ. ތިއަ ފޮޓޯތައް ޢާންމުކުރީ އަހަރެންނެވެ. އެއީ އަހަރެން އުފެއްދި ފޮޓޯތަކެކެވެ. އެ ފޮޓޯތައް ޢާންމުކުރީންސުރެ އަހަރެންގެ ގުނަވަނުން ދިލަނަގަމުން އައިސް މިހާރު މިއުޅެނީ ކެތް ނުކުރެވިގެންނެވެ. އެފޮޓޯތައް މިހާރު ޑިލީޓްވެސް ކޮށްފީމެވެ. އެކަމަކުވެސް ދިލަނެގުން މަޑެއް ނުވެއެވެ. ހައްތާ ގަދަވަނީއެވެ. އަހަރެން މިއައީ ޙަޤީޤަތް ކިޔައިދީ އޭނާގެ ކިބައިން މާފަށް އެދޭށެވެ."

އެހިސާބުން އެއްވެ ތިބި މީހުން އޭނާގެ ގައިގައި ތަޅައިގަތެވެ. މަރުން ސަލާމަތްވީ އަވަށުގެ ބޮޑުން އެތަނަށް އެއްވެ މީސްތަކުން ދުރުކުރުމުންނެވެ. އެއިރު އޭނާގެ ފުރާނަ ހުރިނަމަވެސް ހިރިލާނެ ބާރުވެސް ގައަކު ނެތެވެ.

މިއީ އަޅުގަނޑު އުރުދޫ ޑައިޖެސްޓަކުން ކިޔާފައިވާ ވާހަކައެކެވެ. ޢިއްފަތްތެރި މުއްމިން އަނހެނުންގެ ބޮލުގައި ޒިނޭގެ ތުހުމަތު އެޅުވުމާއި ބެހޭ ގޮތުން މިއަދުނޫހުގައި ޝާއިޢުކުރި ލިޔުން ފެނުމުން ކިޔާފައި ކިޔުންތެރިންނަށް ޢިބްރަތަކަށްޓަކައި ޙިއްޞާކޮށްލީއެވެ.

- ވަޙިދު / މިއަދުނޫހުގެ ކިޔުންތެރިއެއް

 

 

މިއަދު އޮންލައިން