ޔަހޫދީ ނޫސްއެޖެންސީއަކުން މަދީނާގަ ތިބެގެން އެއީ އެމީހުންގެ ބިމެއް ކަމަށް ހާމަކޮށްފި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 6ސ
ޔަހޫދީ ނޫސްއެޖެންސީއަކުން މަދީނާގަ ތިބެގެން އެއީ އެމީހުންގެ ބިމެއް ކަމަށް ހާމަކޮށްފި!

"އަހުރެން މިހުރީ މަދީނާގެ ދެކުނު ސަރަހައްދުގައޭ! އަހުރެމެން މަސައްކަތްކުރަނީ މިތަނުގައި އަހުރެމެންގެ ނޫސް އެޖެންސީގެ އޮފީހެއް ހުޅުވުމަށް" ކަމަށް ބުނެ ޢާންމުކުރި ވީޑިއޯއެއްގެ ސަބަބުން މުސްލިމުން މެދުގައި ކަންބޮޑުވުން އުފެދިއްޖެއެވެ.

އެނޫސް އެޖެންސީއަކީ ފުރިހަމައަށް އިޒްރޭލްގެ ސަރުކާރަށް ތާއީދުކުރާ މުސްލިމުން ނިކަމެތިކުރަން ހަންފަތުރާ ނޫސްއެޖެންސީއެވެ. އެ ކުރު ރިޕޯޓްގައި އޭނާ ބުނެފައިވެއެވެ. "މިބިމުގައި ހުރެ މިގޮތަށް ވާހަކަ ދެއްކުމަކީ މީގެ 1 އަަހަރު ކުރިން ލިބޭނެ ފުރުޞަތެއް ނޫނެވެ. ނަމަވެސް މިހާރު މިވަނީ ފުރުބަތު ލިބިފައެވެ. މިދަނީ ކުރިއަށެވެ." 

މުސްލިމް ވޯލްޑް ލީގްގެ ނަމުގައި ހިންގާ ޖަމާޢަތުން މިދިއަ އަހަރުވަނީ ދުނިޔޭގެ ކަންކޮޅުތަކުގައި ތިބި އިސްލާމްދީނުގެ އެންމެ ބޮޑެތި ޢަދާވާތްތެރި ރަބީން، ޕްރީސްޓުން ހާމުދުރުންފަދަ ޝައިޠޯނުންތަކުގެ ބޮޑު ލަޝްކަރެއް ސަޢުދީ ޢަރަބިޔާއަށް އަރުވައިފައެވެ. އެކަމަށް އަހަރުވީއިރު މިފެނުނީ ހައްދުފަހަނައަޅާފައިވާ ޔަހޫދީން މަދީނާގައި ޙަރަކާތްތެރިވަމުން އަންނަތަނެވެ. 

އެނޫޙުން ފޮނުވި ކުރު ވީޑިއޯކޮޅުގައިވެސް މިއީ މީގެ 1400 އަހަރުކުރިން އެމީހުންގެ ކަދުރު ރުށްތަކާއި ބިންތައް އޮތް ތަނެއްކަންވެސް ވަނީ ފާހަގަކޮށްފައެވެ. ވީމާ މައްކާ މަދީނާ ހިފުމަށް ޔަހޫދީން ރާވަމުންގެންދާ މަކަރުވެރި ރޭވުންތައް ކާމިޔާބުކުރަން އެމީހުން އެގެންދަނީ ބާރުސްޕީޑްގައި މަސައްކަތްކުރަމުންކަން ފާހަގަކުރެވެއެވެ.

މިއަދު އޮންލައިން