ޑްރަގް ހިފައިގެން އަންނަ މީހުން އަނެއް ދޮރުން ނިކުމެގެން ދެވޭގޮތް ހެދުމަކީ ކޮސްކަމެއް ކަމަށް ޖޭޕީގެ ލީޑަރު އަދި މާމިނގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމް ފާޑުވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ހުށަހަޅުއްވާފައިވާ، މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ފަސޭހައިން ފަރުވާ ލިބޭނޭ ގޮތަށް ނިޒާމު ބަދަލުކުރުމަށް ސަރުކާރަށް ގޮވާލައި ހުށަހަޅާފައިވާ ޤަރާރުގެ ބަހުސް ކުރިއަށް ގެންގޮސްފައެވެެ.
އެ ޤަރާރަށް ވާހަކަ ދައްކަވަމުން ޤާސިމް ވިދާޅުވީ "ދެން މިތަނަށް ޑްރަގް ހިފައިގެން އަންނަ މީހަކު، އައިސް ޓްރާންސިޓް ކޮށްގެން އެމީހަކު ސަލާމަތްވެގެން އަނެއް ދޮރުއަށިން ލާފަ ނިކުމެގެން ދެވޭގޮތް ވާކަމަށްވަންޏާ، ދެން ދުވަހަކުވެސް މިތަނަށް ޑްރަގް ހިފައިގެން އަންނަ މީހަކު ހައްޔަރެއް ނުކުރެވޭނެ. މިބާވަތުގެ ކޮސްކަންތައްތައް ކުރީމަ ދުވަހަކުވެސް ރަނގަޅެއް ނުވާނެ." ކަމަށެވެ.
ރާއްޖެއަށް ޑްރަގް އެތެރެކުރާ ބިދޭސީން ރާއްޖެއިން ފޮނުވާލާ ގޮތަށް ހެދުމުން އެކަމުގެ ކަންބޮޑުވުން ގިނަ ބަޔަކު ދަނީ ފާޅުކުރަމުންނެވެ.