ވިސާ މައްސަލައެއް ކުރިމަތިވެ ތާވަލާއި އެއްގޮތަށް ދަތުރު ނުކުރެވުނު އެންމެން އެކުގައި ގޮވައިގެން މިރަމަޟާން މަހުގެ 20 ވަނަ ދުވަހު ޢުމުރާއަށް ފުރަން ހަމަޖެހިފައިވާ އެގްރޫޕުން ބުނެފިއެވެ.
"އަޅުގަނޑުމެން އައީ ވިސާ ހޯދަން ކުރަންޖެހޭ ހުރިހާ ކަންކަން ޤަވާއިދުން ކުރަމުން. ވިސާލިބިފައިވާ ކަމުގެ ޔަޤީންކަންވެސް އަޅުގަނޑުމެންނަށް ލިބުނު. ނަމަވެސް ސިސްޓަމަށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ތެރެއިން ހުރިހާ ކަމެއް ކުރިމަތިވީ. ވިސާ އޮންލައިން ޕޯޓެލްއިން ފެންނަން ހުންނާނެ ކަމުގެ ޔަޤީންކަންވެސް ލިބުނު. ނަމަވެސް އެދިމާވި ކަންތައްތަކެއް ދިމާވީ.
އެކަން ދިމާވީމާވެސް އަޅުގަނޑު އައީ އެންމެން ޢުމުރާއަށް ގެންދަން މަސައްކަތްކުރަމުން. މާތް ﷲ ގެ ހެޔޮ ރަޙްމަތްފުޅުން އަޅުގަނޑަށް ހެޔޮއެދޭ ގާތް ބައަކު މިހާރު ވަނީ ދަތުރު ހަމަޖައްސައިދީފަ. ފްލައިޓްވަނީ ޗާޓަރކުރެވިފަ. އިރާދަ ކުރެއްވިއްޔާ ރަމަޟާންމަހުން ވިހި ވަނަ ދުވަހު ހެނދުނު އަޅުގަނޑުމެން އެންމެން އެކުގަ ފުރާނަން." ކަމަށް އެގްރޫޕުން ބުނެފައިވެއެވެ.
އައްސަފާ ގްރޫޕަކީ ޙައްޖާއި ޢުމުރާ ގެ ޚިދުމަތް ދިނުމުގައި ވަރަށް ފަރުވާތެރިކަމާއިއެކު ކަންކަންކުރާ، ޚިދުމަތްދިނުމުގައި ވަރަށް ބޮޑަށް ސަމާލުކަންދޭ ގްރޫޕެއްކަން ވަނީ ތަޖުރިބާކުރެވިފައެވެ. އެއީ އެގްރޫޕުގައި ދަތުރުކޮށް ޚިދުމަތް ލިބިފައިވުމުންނެވެ.