އަޅިގަނޑުގެ ދަރިފުޅަކީ ވަރަށް ބަސްޤަބޫލުކުރާ ކުއްޖެކެވެ. ނަމަވެސް އޭނާ ލައްވައި ފަތިސްނަމާދުކުރުވުން ވެފައި އޮންނަނީ ވަރަށް އުނދަގޫކަމަކަށެވެ. މަދު ރެއަކު ކިތަންމެ ވަރަކަށް ގޮވިނަމަވެސް ނުހޭލައެވެ. މިތެދުވަނީކަމަށްބުނާނެއެވެ. ނަމަވެސް ނުވެއް ތެދުވެއެވެ.
މިޙާލަތުގައި ދަރިފުޅު ފަތިސްނަމާދަށް ހޭލައްވަން ކުރެވިދާނެ ކަމެއް ބުނެދެއްވަފާނަންތޯ؟
މިއަދުނޫހަށް އެންމެ ގާތް އެއްޝައިޚް ވިދާޅުވަނީ ފެންޖަހައިގެންވެސް އަނބިދަރިން ފަތިސްނަމާދަށް ހޭލައްވާކަމަށެވެ. އަދި އެއީ ޝައިޚްގެ މައްޗަށް އޮތް ވާޖިބެއް ކަމަށެވެ.
މިވާހަކަ މިނަންގަތީ އެކަމުގެ މުހިންމުކަން ބަޔާންކުރުމަށެވެ.
ކޮންމެއަކަސް އެންމެ ފައިދާބޮޑުވާނީ ދަރިންނަށް ވިސްނައިދެވިގެންނެވެ. ތިރީގައިވާ ލިޔުމުގައި އެވާ ވީޑިއޯ ދަރިފުޅަށް ދައްކާށެވެ. ވީޑިއޯގައި އެވާގޮތް ކިޔައިދޭށެވެ. ފުރަތަމަ ފެނިގެން އެދަނީ ފަތިސްނަމާދަށް ހޭލިއަނުދޭން ޝައިޠޯނާކުރާ މަސައްކަތްތަކެވެ. ދެން ފެނިގެން އެދަނީ ގަދަކަމުން ހޭލައި ވުޟޫކުރަން ފެށުމުން އެކަމަށް ހުރަސްއަޅަން ޝައިޠޯނާ ކުރާ މަސައްކަތްތަކެވެ. ދެން ފެނިގެން އެދަނީ ނަމާދުކުރަން ފެށުމުން ނަމާދުކުރިއަނުދޭން ޝައިޠޯނާ ކުރާ މަސައްކަތްތަކެވެ.
މިވީޑިއޯއަކީ ފަތިސްނަމާދަށް ނުހޭލެވޭ ކޮންމެ މީހަކުވެސް ގިނަގިނައިން ބަލަންވީ ވީޑިއޯއެކެވެ. ގޭގެ އެންމެން އެކިގައި ތިބެގެންވެސް ބަލަންވީ ވީޑިއޯއެކެވެ.
މީސްތަކުން ހޭލުންތެރިކުރުވަން ތައްޔާރުކޮށްފައިވާ މިވީޑިއޯ ބަލައިލުމުން ވަރަށް ތަފާތު އިޙްޞާޞްތަކެއް ކުރެވިގެންދާނެއެވެ.
އަހަރެމެންނަށް އުޅެންޖެހިފައި މިވަނީ ޝައިޠޯނާ އާއެކުގައެވެ. ސަލާމަތްވެވޭނީ ވަރަށް ބޮޑަށް ހިތްވަރުކޮށްގެންނެވެ. އާޚިރަތް ލިބުންވަނީ އެހިތްވަރުކުރެވުނު މީހަކަށެވެ! އުންމީދަކީ ވީޑިއޯ އިން ހިތްވަރެއް ލިބުމެވެ. ހޭލުންތެރިކަން އިތުރުވުމެވެ.
ގުޅުންހުރި ވީޑިއޯ: