އަހުރެންގެ މި އާދޭސް ވީހައި ގިނަ ބައަކަށް ފަތުރައިދޭށެވެ! ﷲ ތަޢާލާ އެމީހަކަށް ރަޙްމަތް ލައްވަވާނެތެވެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 16ސ
އަހުރެންގެ މި އާދޭސް ވީހައި ގިނަ ބައަކަށް ފަތުރައިދޭށެވެ! ﷲ ތަޢާލާ އެމީހަކަށް ރަޙްމަތް ލައްވަވާނެތެވެ! އިން ޝާ ﷲ

ރަމަޟާން މަސް އައިސް ބައްދަލުކުރުމުން އެންމެ ބޮޑު ސަމާލުކަމެއް ދޭންވީ އެއްކަމަކީ އައު ހިތްވަރަކާއިއެކު އަޅުކަންކުރަން ފަށާ މީހުންނަށް ހިތްވަރުދިނުމެވެ. ރަމަޟާން މަހަށް ފަހުގައިވެސް އެހިތްވަރުމަތީގައި ބެއިތިއްބޭތޯ މަސައްކަތްކުރުމެވެ.

ކޮންމެ އަހަރެއްގެ ރަމަޟާން މަސް އައުމުން ކުރިން އަޅުކަން ނުކުރާ އެތައް ބައަކު އަޅުކަންކުރާކަން އެއީ ހަމަ ރަނގަޅުވާހަކައެކެވެ. އެކަމަށް ދެބަސްވުމެއް ނެތެވެ. ނަމަވެސް އެފަދަ މީހަކަށްވެސް ފުރައްސާރަނުކުރާށެވެ! ހިތްވަރުދޭށެވެ. މިސްކިތުގެ އަޚަކަށް އޭނާ ބަދަލުވާނީ ކޮންވަގުތަކުކަމެއް ނުއެނގޭނެއެވެ.

ރަމަޟާން މަސް އައުމުންވެސް މީހަކު އަޅުކަންކުރާނަމަ އަންގައިދެނީ އޭނާގެ ހިތުގައި އީމާންކަން އެބައޮތްކަމެވެ. ﷲ ތަޢާލާގެ މަގުގައި ކުރިއަށް ދިއުމުގެ ޝައުޤުވެރިކަން އެބަހުރިކަމެވެ. ނަރަކައިން ސަލާމަތްވެ ސުވަރުގެ ވަންނަންވެސް ބޭނުންވާ ކަމެވެ.

ވީމާ އެފަދަ މީހެއްގެ ހިތްވަރު އެލޭނެ ފަދަ ބަސްތައް ބުނެ ފުރައްސާރަކުރުމަކީ އޭނާ މާޔޫސްވާނެ ކަމެކެވެ. ދީނާއިމެދު އިތުރަށް ފޫހިވެދާނެ ކަމެކެވެ. އެފަދަ ގޮތެއް މެދުވެރިވެއްޖެނަމަ ލިބިދާނެ ދެރަ މާބޮޑުވާނެއެވެ.

ބަސްބުނަންވީވެސް ނަޞޭޙަތްދޭންވީވެސް ރަމަޟާން މަސް އައުމުންވެސް އަޅުކަންކުރަން ނުފަށައި ތިބޭ މީހުންނަށެވެ. ރަމަޟާންމަހުގެ ބަރަކާތް ޙާޞިލުކުރަން މަސައްކަތް ނުކުރާ މީހުންނަށެވެ. ކުރީއަހަރަށްވުރެ މިއަހަރު ފަރުވާކުޑަކުރާ މީޙުންނަށެވެ. އެމީހުންނަށް ހަނދާންކޮށްދޭށެވެ!

ރަމަޟާން މަސް ނިމިގެންދާއިރު އެމީހެއްގެ ފާފަތައް ފުއްސަވައި ނުދެއްވެވި މީހާއަށް ގެއްލުމާއި ހަލާކަށް އެދިވަޑައިގެން ޖިބްރީލްގެފާނު ދުޢާކުރެއްވެވިކަމެވެ. އަދި އެދުޢާއަށް ރަހްމަތުގެ ނަބިއްޔާ މުޙައްމަދު އާމީން ވިޑާޅުވިކަމެވެ. ތިމާއަކީ އެފަދަ މީހަކު ކަމުގައިވެއްޖެ ނަމަ ހުރި ހިތާމައެއްގެ ބޮޑުކަން ތަކުރާރުކޮށް ވިސްނައިދޭށެވެ! އަދި އެނާއަށްޓަކައި ހެޔޮދުޢާކުރާށެވެ! އަހުރެންގެ އާދޭހަކީ ކޮންމެ މީހަކުވެސް މިކަމުގައި އެމީހާގެ ދައުރު އަދާކުރުމެވެ! ތިމާ ދަންނަ މީހުން ރަމަޟާން މަހު އަޅުކަންކުރަން ފަރުވާކުޑަކުރާނަމަ އެމީހުންނަށް ނަޞޭޙަތްދީ އިޞްލާޙްކުރުވަން މަސައްކަތްކޮށްދޭށެވެ! އެތަނުން އެކަކު ނަމަވެސް އިޞްލާޙްވެއްޖެ ނަމަ، ހެޔޮ ޢަމަލުތައް ކުރަން ފަށައިފިނަމަ، ނަމާދާއި ތަރާވީޙް ނަމާދުކޮށް ޤުރްއާން ކިޔަވަން ފަށައިފިނަމަ ތިބާއަށް އެކުރެވުނީ ހާދަ ފައިދާބޮޑު ހެޔޮއަމަލެކެވެ! ހީވެސް ނުކުރެވޭހައި ގިނަ ޘަވާބު ތިބާއަށް ދެއްވަވާނެތެވެ. އަދި ކީއްހެއްޔެވެ؟ އެމީހަކު ކުރާ ހެޔޮ އަމަލުތަކުން އެމީހަކަށް އެއްވެސް މިންވަރެއް އުނި ނުކުރައްވަވައި ނަޞޭޙަތްދިން މީހާއަށް ވެސް ޘަވާބު ދެއްވަވާނެތެވެ!

އަބަދުވެސް ބުނާފަދައިން ނަޞޭޙަތް ދިނުމުން އިޞްލާޙްނުވި ނަމަވެސް މާޔޫސްވުމެއް ނެތެވެ! އެކަމަށް ތިބާކުރި މަސައްކަތަށް ތިބާއަށް ޘަވާބު ދެއްވަވާނެތެވެ. އިން ޝާ ﷲ

އަހުރެންގެ އާދޭހަކީ އަހުރެންގެ މިއާދޭހަށް ވީހައި ގިނަ ބައަކު ޢަމަލުކުރުމެވެ. އަދި މިއާދޭސް ކޮންމެ މީހަކުވެސް ވީހައި ގިނަބައަކަށް ފޯރުކޮށްދިނުމެވެ. އެކަމަށްވެސް ޘަވާބު ދެއްވަވާނެތެވެ! އިން ޝާ ﷲ

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން