ނޭނގިތިބެ ދީނުން ބޭރުނުވާށެވެ! އެހެން ދީންތަކުގެ ކަންކަމަށް ތާއީދުކުރުމަކީ ދީނުން ބޭރުވާނެ ޢަމަލެއް!!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
ނޭނގިތިބެ ދީނުން ބޭރުނުވާށެވެ! އެހެން ދީންތަކުގެ ކަންކަމަށް ތާއީދުކުރުމަކީ ދީނުން ބޭރުވާނެ ޢަމަލެއް!!

މިހާރަކަށް އައިސް ގިނަބައަކު ދީނުން ބޭރުވަމުން އެދަނީ މިވެވެނީ ދީނުންބޭރުކަން ނުވެސްއެނގޭ ޙާލުގައެވެ. ބަވަނަވެފައިވާށ ދުނިޔޭގައި އުޅެންޖެހުން ސަބަބަކަށްހަދައި އެހެން ދީންތަކުގެ ކަންކަން އެއީ ރަނގަޅު ގޮތްކަމަށް ޤަބޫޅުކުރާ މީހުން އެބައުޅެއެވެ. ނަމަވެސް އެއީ އެމީހުން ދީނުން ބޭރުވެގެންދާނެ ކަމެކެވެ.

އެހެންދީންތަކުގެ މީހުންނާއި ގުޅިގެން އުޅުމަކީ އެމީހުންކުރާ ދީނީ ކަންކަމަކީ ރަނގަޅުކަންކަން ކަމަށް ޤަބޫލުކުރަންޖެހެންވީ ސަބަބެއް ނޫނެވެ. އެމީހުންކުރާ ދީނީ ކަންކަން އެއީ ރަނގަޅުކަންކަން ކަމުގައި ނުވަތަ ފައިދާހުރި ކަންކަން ކަމުގައި ބަލައިގެންފިނަމަ އެމީހަކު ދީނުން ބޭރުވެގެންދާނެއެވެ.

ވިސްނުންތެރިކަމާއިއެކު ވިދާޅުވާށެވެ!:

"މުޝްރިކުން ކާފިރު ނުކޮށް ނުވަތަ އެމީހުންގެ ކާފިރުކަމާމެދު ޝައްކުކޮށް ނުވަތަ އެމީހުންގެ ގޮތަކީ ރަނގަޅު ގޮތްކަމުގައި ޤަބޫލުކުރާ މީހާ ކާފިރުވާނެއެވެ! އޭނާ ކާފިރުވަނީ އެފަދަ މީހަކު ޤުރުއާނާއި ސުންނަތަށް އިންކާރުކުރާތީއެވެ.

– މުޝްރިކުން ކާފިރު ނުކުރުމުގެ މިޘާލަކީ ނުވަތަ އެމީހުންގެ ކާފިރުކަމާމެދު ޝައްކުކުރުމުގެ މިޘާލަކީ: ޔަހޫދީންނަކީ ނުވަތަ ނަޞާރާއިންނަކީ ނުވަތަ ބުދަށް އަޅުކަންކުރާ މީހުންނަކީ އެއީ ކާފިރުން ނޫންކަމުގައި ބުނުމެވެ. ނުވަތަ އެކަމާމެދު ޝައްކުކުރުމެވެ.

 

– އެމީހުންގެ ގޮތަކީ ރަނގަޅު ގޮތްކަމުގައި ޤަބޫލުކުރާ މީހާގެ މިސާލަކީ: ކާފިރުންގެ ޢަޤީދާތަކުގެ ތެރެއިން ކުފުރު ޢަޤީދާއަކާ ބެހޭގޮތުން އެއީ ރަނގަޅު ގޮތެއްކަމުގައި ބުނުމެވެ. އަދި އެބައިމީހުންގެ ކުފުރުގެ މަޛުހަބުތަކަކީ ރަނގަޅު ގޮތްތަކެއްކަމަށް ޤަބޫލުކުރުމަކީވެސް އެފަދަ ކަމެކެވެ. [2]

* އިސްލާމްކަން ގެއްލޭ ކަމަކަށް މީހަކު އަރައިގެންފިނަމަ، އެމީހަކީ ކާފިރެއްކަމަށް ޢިލްމުވެރިން ކަނޑައަޅުއްވަނީ ޝަރުޠުތަކެއް ފުރިހަމަވެ، އެކަން މަނާކުރާ ކަންތައްތައް އެމީހެއްގެ ކިބައިން ފިލައިގެން ދިޔުމުންނެވެ."

--އައްޝައިޚް އިމްރާން މުޙައްމަދު ޢަލީ

މިއަދު އޮންލައިން