ރަމަޟާން މަހުގެ ފަހު ދިހައިގަ ކުރެވިދާނެ ބައެއް ދުޢާތައް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 12ސ
ރަމަޟާން މަހުގެ ފަހު ދިހައިގަ ކުރެވިދާނެ ބައެއް ދުޢާތައް-

ޢާއިޝަތު ރަފާޙް ޢަލީ

 

ރަމަޟާން މަހުގެ ފަހު 10 އަކީ އެންމެ މަތިވެރި ޘަވާބު ބޮޑު ދުވަސްތަކެކެވެ. އެހެންކަމުން އެދުވަސްވަރު ގިނައިން ހެޔޮ ޢަމަލު ކުރަން ވާނެއެވެ. އެހެންކަމުން ތިރީގައި މި ބަޔާން ކޮށްލަނީ ރަމަޟާން މަހު ފަހު 10 ގައި ކުރެވިދާނެ ބައެއް ދުޢާތަކެވެ. 

·      اللَّهُمَّ إِنَّكَ عُفُوٌّ كَرِيمٌ تُحِبُّ الْعَفْوَ فَاعْفُ عَنِّي

މާނައީ: "ޔާ ﷲ! އިބަ އިލާހްއީ ގިނަގިނައިން ޢަފޫކުރައްވާ، ޢަފޫކުރެއްވުމަށް ލޯބިކުރައްވާ އިލާހެވެ. ފަހެ މިއަޅާއަށް ޢަފޫކުރައްވާނދޭވެ." 

·      لَّا إِلَٰهَ إِلَّا أَنتَ سُبْحَانَكَ إِنِّي كُنتُ مِنَ الظَّالِمِينَ

މާނައީ: "އިބަރަސްކަލާނގެ މެނުވީ، إله އަކު ނެތެވެ. އިބަރަސްކަލާނގެ ހުސްطاهر ވަންތަކަމާއެވެ! ހަމަކަށަވަރުން، އަނިޔާވެރިންގެ ތެރެއިން މި އަޅާވީމެވެ." 

·      رَبَّنَا آتِنَا فِي الدُّنْيَا حَسَنَةً وَفِي الآخِرَةِ حَسَنَةً وَقِنَا عَذَابَ النَّارِ

މާނައީ: [އަޅަމެންގެ ވެރިރަސްކަލާކޯއެވެ! ދުނިޔޭގައި ހެޔޮކަން އަދި آخرة ގައިވެސް ހެޔޮކަން އަޅަމެންނަށް ދެއްވާނދޭވެއެވެ. އަދި ނަރަކައިގެ عذاب ން އަޅަމެން ދިންނަވާނދޭވެ] 

·      رَبَّنَآ إِنَّنَآ ءَامَنَّا فَٱغْفِرْ لَنَا ذُنُوبَنَا وَقِنَا عَذَابَ ٱلنَّارِ

މާނައީ: "އަޅަމެންގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، އަޅަމެން إيمان ވެއްޖައީމުއެވެ. ފަހެ، އަޅަމެންގެ ފާފަތައް، އަޅަމެންނަށް ފުއްސަވާނދޭވެ! އަދި، ނަރަކައިގެ عذاب ން އަޅަމެން ދިންނަވާނދޭވެ!" 

·      اللَّهُمَّ إِنِي أَسْأَلُكَ الهُدَى، وَالتُّقَى، وَالعفَافَ، والغنَى

މާނައީ: އޭ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ. ހިދާޔަތާއި އަދި ޢިއްފަތްތެރިކަމާއި، މުއްސަނދިކަމަށް އަހަރެން އެދެމެވެ. 

·      رَّبِّ ٱرْحَمْهُمَا كَمَا رَبَّيَانِى صَغِيرًا

މާނައީ: "އަޅުގެ ވެރިރަސްކަލާކޯއެވެ! ކުޑަކުއްޖަކު ކަމުގައި މިއަޅާވީދުވަހު، އެދެމީހުން މިއަޅާ ބަލައިބޮޑުކުރި ފަދައިން، އެ ދެމީހުންނަށް رحمة ލައްވައިފާނދޭވެ!" 

·      اللَّهُمَّ اغفِرْ لِي، وَارْحمْني، واهْدِني، وعافِني، وارْزُقني

މާނައީ: "އޭ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާނކޮ  އަހަންނަށް މާފުކޮށްދީ، އަހަންނަށް ރަޙްމަތްކޮށްދީ، އަހަންނަށް މަގުދައްކައިދީ، އަހަންނަށް ޝިފާދީ، އަހަންނަށް ރިޒުޤު ދެއްވާށިއެވެ."

 

މިއަދު އޮންލައިން