ރަމަޟާން މަހުގެ ފަހު ދިހައިގައި ކުރެވިދާނެ ހެޔޮ ޢަމަލުތައް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 10ސ
ރަމަޟާން މަހުގެ ފަހު ދިހައިގައި ކުރެވިދާނެ ހެޔޮ ޢަމަލުތައް

ޢާއިޝަތު ރަފާޙް ޢަލީ

 

ރަމަޟާން މަހުގެ ފަހު 10 އެއްގައި ހެޔޮ ޢަމަލުތައް އިތުރު ކުރެއްވުމަށް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް އާއި އަދި އަސްޙާބު ބޭކަލުން ވަނީ ވަރަށް ޚާއްސަ އަހައްމިއްޔަތުކަމެއް ދެއްވަވާފައެވެ. އެގޮތުން އެބޭކަލުން ކުރެއްވި ބައެއް ޢަމަލުތައް މި ލިޔުމުގެ ތިރީގައި ހިމަނާލާނަމެވެ. 

1.    ރޭއަޅުކަން ކުރެއްވުން:

ޢާއިޝާ ރަޟިޔަ ﷲ ޢަންހު ވިދާޅުވެފައިވެއެވެ. ރަމަޟާން މަހުގެ ފަހު 10 އެއްގައި ރަސޫލާ ޞައްލަ ﷲ ޢަލައިގި ވަސައްލަމް ރޭއަޅުކަން ކުރައްވާލެއް ގިނަކުރައްވައެވެ.

އަދި މި މަހު ކުރާ އަޅުކަންތައް މާތްވެގެންވެއެވެ. 

2.    އަޅުކަން ކުރުމަށް އެހެން މީހުން ހޭލެއްވުން

ރޭގަނޑު ރޭއަޅުކަން ކުރުމަށް ގާތްތިމާގެ މީހުން ހޭލެއްވުމަކީ ވަރަށް ޘަވާބު ހުރި ކަމެކެވެ. ބައެއް މީހުން އަމިއްލައަށް ރޭއަޅުކަން ކުރުމަށް ތެދުވެ އެމީހުންގެ އަހްލުން ނިދަން ބައިތިއްބައެވެ. ނަމަވެސް މިއީ ރަނގަޅު ގޮތެއް ނޫނެވެ. އެހެނީ ނަބިއްޔާ ސައްލަ ﷲ ޢަލައިހި ވަސައްލަމް ވެސް ބާރު އަޅުއްވާފައިވަނީ ރޭއަޅުކަން ކުރުމަށް އެމީހެއްގެ އަހްލުންވެސް ހޭލެއްވުމަށެވެ. 

3.    މިސްކިތުގައި ޢިއްތިކާފަށް އިނުން

ރަމަޟާން މަހުގެ ފަހު 10 އެއްގައި ލައިލަތުލް ގަދްރި ވެއެވެ. އެހެންކަމުން އެރޭ ހޯދުމަށްޓަކައި ފަހު 10 ގައި ވެސް ހެޔޯ ޢަމަލުތައް އިތުރު ކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. އެގޮތުން ފަހު 10 ގައި ޢިއްތިކާފަށް އިނުމަކީ ނަބިއްޔާ ސައްލަ ﷲ ޢަލައިހި ވަސައްލަމް ވެސް ކުރެއްވި ޢަމަލެކެވެ. 

4.    ގިނަގިނައިން ގުރްއާން ކިޔެވުން

ރަމަޟާން މަހުގެ ކުރާ އަޅުކަންތަކުގެ ޘަވާބާއި އަޖުރު ދެގުނައަށް ބޮޑެވެ. އެހެކަމުން ގިނައިން ޤުރުއާން ކިޔެވުމަށް އިސްކަންދޭން ވާނެއެވެ. 

5.    ޒަކާތް ދިނުމާއި ޞަދަޤާތް ދިނުން ގިނަކުރުން

ރަމަޟާން މަހު އެންމެ މާތް ޢަމަލުތަކުގެ ތެރޭގައި ހިމެނެނީ ﷲ ގެ މަގުގައި ހޭދަކުރުމެވެ. އަދި ޚާއްސަކޮށް ފަހު 10 އެއްގައެވެ. އެކަމުގެ ސަބަބުން މީސްތަކުގެ ހިތްތައް އެކުވެރިކުރައްވާ، ޙަސަދަވެރިކަމުން ރައްކާތެރިކުރައްވާ، ނަފްސުތައްް ތާހިރުކުރައްވައެވެ. 

6.    ދުޢާކުރުން

އެއީ ރަމަޟާން މަހާއި ފަހު ދިހަ ދުވަހު އެންމެ އެދެވޭ އެއް އަޅުކަމެވެ. ޚާއްޞަކޮށް ސާފު ނަފްސަކާއެކު އަދި ޢިޚްލާސްތެރިކަމާއެކު އެދުމާއި ދުޢާކުރުމުން މާތްالله އެވަގުތު ޖަވާބުދާރީވާނެ ކަމުގެ ޔަޤީންކަން ލިބުމުން ތަޤްދީރު ބަދަލުވެދާނެ ކަމަކެވެ. 

7.    ޛިކުރުކުރުން

ޛިކުރުކުރުން ގިނަކުރަން އެދޭމީހާ ދިރިއުޅުމުގެ ކަންކަމުގައި އުޅެމުންވެސް ގިނަގިނައިން ﷲ ތަޢާލާ ހަނދުމަކުރާށެވެ. އަދި ދޫމައްޗަށް ފަސޭހަ ޛިކުރުތައް ކިޔުން ގިނަކުރާށެވެ. ކޮންމެހެން ގުނާކަށް ނުޖެހެއެވެ. މަލާއިކަތުން ބަރާބަރަށް

މިއަދު އޮންލައިން