ލައިލަތުލްޤަދްރި ވިލޭރޭގެ މިޙަޤީޤަތްތައް އެނގުމުން ސުވަރުގެ އެދޭމީހާ އެންމެ ހިނދުކޮޅެއްވެސް ބޭކާރުނުކުރާނެއެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 41ސ
ލައިލަތުލްޤަދްރި ވިލޭރޭގެ މިޙަޤީޤަތްތައް އެނގުމުން ސުވަރުގެ އެދޭމީހާ އެންމެ ހިނދުކޮޅެއްވެސް ބޭކާރުނުކުރާނެއެވެ!

އަހުރެމެންނަށް ބުއްދި ދެއްވެވީ ކަންކަމާއިމެދު ވިސްނައި ފިކުރުކުރުކުރުމަށެވެ. އަދި އެންމެ ފައިދާހުރި ވިސްނުމަކީ ނަރަކައިން ސަލާމަތްވެވި ސުވަރުގެ ލިބޭނެ ކަންކަން ކުރުން ގިނަކުރެވޭނެ ގޮތާއިމެދު ވިސްނުމެވެ. އެކަމަށް ﷲ ތަޢާލާ ދެއްވަވާ ފުރުޞަތުތަކުގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ހިފުމާއިމެދު ވިސްނުމެވެ. 

ކޮންމެ އަހަރެއްގެ ރަމަޟާން މަހު ލައިލަތުލްޤަދްރިވިލޭރޭ މުސްލިމުންނާއި ބައްދަލުކުރަނީ ކީއްވެގެން ހެއްޔެވެ؟ އެކަމުގެ ފައިދާއަކީ ކޮބައިހެއްޔެވެ؟ ޙިކުމަތަކީ ކޮބައިހެއްޔެވެ؟ 

ޖަވާބު: 

އިސްވެ ދިއަ އުންމަތްތަކުގެ މީހުންގެ އުމުރު ވަރަށް ދިގެވެ. ރަސޫލް ގެ އުންމަތުގެ މީހުންގެ އުމުރަކީ ގާތްގަނޑަކަށް 60- 70 އަހަރެވެ. އެހެންކަމުން ލައިލަތުލްޤަދްރިވިލޭރޭ މިންވަރުކުރައްވަވާފައި މިވަނީ އިސްވެ ދިއަ އުންމަތްތަކުގެ މީހުންނަށްވުރެ ރަސޫލް ގެ އުންމަތުގެ މީހުން އަޅުކަމުގައި ކުރިއަރައިދއުމަށެވެ. 

ނިކަން ހިސާބު ޖަހައިލަބަލާށެވެ. ތިބާގެ އުމުރަކީ 60 އަހަރެވެ. އުމުރުން 15 އަހަރުން ފެށިގެން ތިބާ އަންނަނީ ލައިލަތުލްޤަދްރިވިލޭރޭ ލިބިގަންނަން މަސައްކަތްކުރަމުންނެވެ. އެހެންކަމަށްވާނަމަ ތިބާއަސްވާނީ 45 ލައިލަތުލްޤަދްރިވިލޭރޭ ލިބިގަނެވިފައެވެ. 

އެކަމަށް މަސައްކަތްކުރެވި ލައިލަތުލްޤަދްރިވިލޭރޭތައް ލިބިގަނެވިފައިވާނަމަ އެއިގެ މާނައަކީ 45000 މައްސަރަށްވުރެ، 3750 އަހަރަށްވުރެ ގިނަ ދުވަހު ތިބާއަށް އަޅުކަންކުރެވުނު ކަމުގެ ޘަވާބު ﷲ ތަޢާލާ މިންވަރުކުރައްވަވާނެތެވެ. އެ މަތިވެރި ނިޢުމަތް ޙާޞިލުކުރެވޭ މީހުންނަށް ދުނިޔޭގައި ތިބެވެނީ 60 އަހަރު ނަމަވެސް ކިތައް އަހަރު އަޅުކަންކުރިކަމުގެ ޘަވާބު ލިބިގަނެވޭނެ ހެއްޔެވެ؟ 

އަދިވެސް ވިސްނައިލާށެވެ! ރަނގަޅަށް ހިސާބުޖަހާށެވެ! ލައިލަތުލްޤަދްރިވިލޭރޭ އެންމެ މިނިޓަކު އަޅުކަންކުރެވުނު ނަމަވެސް ލިބިގެންއެދަނީ ދެމަހާއި 15 ދުވަހު އަޅުކަންކުރިކަމުގެ ޘަވާބެވެ. ކޮންފަދަ މަތިވެރި ނިޢްމަތެއް ހެއްޔެވެ؟

ވީމާ މިމަތިވެރި ނިޢްމަތް ލިބިގަތުމަށްޓަކައި ކުރެވެންހުރި ހުރިހާ މަސައްކަތްތަކެއް ކުރާށެވެ! މުޅި ރޭ އަޅުކަމުގައި ހޭދަކޮށްލާށެވެ! ދެން މިފަދަ ފުރުޞަތެއް ތިމާ އާއި ބައްދަލުނުކޮށްފާނެއެވެ! 

- ޑރ. ޔާސިރު ޤާދީގެ ދަރުސަކުން

މިއަދު އޮންލައިން