ރޯދައިގެ ޞިއްޙީ ފައިދާތައް އެނގުމުން ގިނަ ބައަކު އިސްލާމްވަމުންދާއިރު މުސްލިމުންގެ ވިސްނުން ބަހައްޓަންޖެހޭނެ މަގު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 31ސ
ރޯދައިގެ ޞިއްޙީ ފައިދާތައް އެނގުމުން ގިނަ ބައަކު އިސްލާމްވަމުންދާއިރު މުސްލިމުންގެ ވިސްނުން ބަހައްޓަންޖެހޭނެ މަގު-

މީސްތަކުންނޭވެ! މީގެ 1400 އަހަރުކުރިން ރޯދަ ބާވައިލެއްވެވުމުން ކާފިރުންނަށް ހީވީ ﷲ ތަޢާލާ މީސްތަކުންނަށް ބޮޑު މުޞީބާތެއް ޖައްސަވަނީކަމަށެވެ. އެހެންވެ މަލާމާތާއި ފުރައްސާރަވެސް ކުރިއެވެ. އެއީ ކެއުމާއި ފެންބުއިމާއި އެނޫންވެސް ކާބޯއެއްޗެއްގެ ބޭނުން ނުކޮށް ދުވާލުގައި ތިބެން ޖެހޭތީއެވެ.

ދެން މިއަދުގެ ޙާލަތަށް ބަލާށެވެ! ކާފިރު ޑޮކްޓަރުން ބުނަމުން އެގެންދަނީ ރޯދަހިފުމަކީ ހަށިގަނޑަށް ވަރަށް ގިނަ ގޮތްގޮތުން ފައިދާވާ ކަމެއް ކަމަށެވެ. ސަރުބީ ވިރުވުމާއި ކޮލޮސްޓްރޯލާއި ގޮހޮރުގެ މައްސަލަތަކަށާއި މައިދާ އާއި ހިތުގެ މައްސަލަތަކަށާއި މިހެން ގޮސް އެތައް އެތައް ކަމަކަށް ޝިފާ ލިބޭ ކަމެއް ކަމަށެވެ. އަދި އެމީހުންގެ ބޭސް ސިޓީގައި ފަރުވާއެއްގެ ގޮތުން ރޯދަހިފަން ލިޔަން ފަށައިފިއެވެ.  

ނަތީޖާއެއްގެ ގޮތުން އިސްލާމް ދީނުގައިވާ ޙުކުމްތަކުގެ މަތިވެރިކަން ޤަބޫލުކުރެވި ގިނަ ބައަކު މިހާރު ދަނީ އިސްލާމް ދީން އިޚްތިޔާރުކުރަމުންނެވެ.  

އެހެންކަމާއިއެކުވެސް މުސްލިމުންނަށް ނަޞޭޙަތުގެ ބަހެއް ބުނެލާނަމެވެ. އެއްވެސް މީހަކު ތިމާގެ ޞިއްހަތަށް ފައިދާވުން އެދިގެން ރޯދަނުހިފާށެވެ! ރޯދަ ހިފަންވާނީ 2 ގޮތަކުންނެވެ. ފުރަތަމަ އީ ރަމަޟާން މަހުގެ ރޯދަހިފަންވާނީ ﷲ ތަޢާލާ ފަރުޟުކުރައްވާފައިވާތީއެވެ. ދެވަނަ ގޮތަކީ ރަމަޟާން މަސް ނިމުމުން ސުންނަތް ރޯދަތައް ހިފަންވާނީ އެއީ ރަސޫލް ގެ ސުންނަތްކަމަށްވާތީއެވެ. ސުންނަތަށް ޢަމަލުކުރުންވެސް އޮތީ ހަމަ ﷲ ތަޢާލާގެ އެންގެވުންތަކަށް ޢަމަލުކުރުމުގެ ތެރެއިންނެވެ.  

އެއިރުން ތިބާ ހިފާ ރޯދައަށް ﷲ ތަޢާލާ ދެއްވަވާ ނިޢްމަތްތަކުގެ ތެރޭގައި ޞިއްހަތަށް ފައިދާކުރުން، ބަލިތަކުން ފަސޭހަވުން، ޝިފާލިބުން މިފަދަ ކޮންމެ ނަމެއް ކިޔަސް ނުކިޔަސް ޞިއްހަތަށް ފައިދާހުރި ހުރިހާ ކަންކަން ހިމެނިގެންދާނެއެވެ. އަދި ކީއްހެއްޔެވެ؟ އެއީ ރޯދަހިފުމުން ލިބޭ ފައިދާކަން ނުއެނގިވެސް އެތައް ކަމަކުން އެތައް ބައިވަރު ފައިދާތަކެއް ލިބެމުންދާނެތެވެ. އިން ޝާ ﷲ   

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން