ޘަވާބާ އިނާމުވެސް ލިބޭ ފުރުޞަތު 2: މިރެއަކީ ފަހު ދިހައިގެ 2 ވަނަ އޮނަހިރިރޭކަން ޙިއްޞާކޮށްލައްވައިގެން ޘަވާބާއި އިނާމުވެސް ހޯއްދަވާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
ޘަވާބާ އިނާމުވެސް ލިބޭ ފުރުޞަތު 2: މިރެއަކީ ފަހު ދިހައިގެ 2 ވަނަ އޮނަހިރިރޭކަން ޙިއްޞާކޮށްލައްވައިގެން ޘަވާބާއި އިނާމުވެސް ހޯއްދަވާ!

"ޔާ ﷲ! މިފަދަ ބަރަކާތްތެރި ރަޙްމަތުން ފުރިގެންވާ މައްސަރު ނިމިގެންދާއިރު، މިއަޅާގެ މަންމަ އާއި ބައްޕަގެ ފާފަތައް ފުއްސަވައި ދެއްވަވައި އެމީހުންނަކީ ސުވަރުގެވަންތަ އަޅުންކަމުގައި ލައްވަވައި ދެއްވަވާނދޭވެ!" އާމީން 

ހުރިހާ ކިޔުންތެރިންނޭވެ! މިއަދުނޫހުން ކިޔުންތެރިންނަށް މިއެއްލާ ﷲ ތަޢާލާގެ ވައުފަށް ކިޔުންތެރިންވެސް ކިޔުންތެރިންގެ އެކުވެރިންނަށް އެއްލަވާށެވެ! މާނައަކީ ޝެއާކޮށްލައްވާށެވެ! އެކަމަށް ޙައްޤު ޖަޒާ ﷲ ތަޢާލާ ދެއްވަވާނެތެވެ! 

ﷲ ތަޢާލާގެ މަގަށް ހިތްވަރުދޭ މިލިޔުން އަރުވާތާ 24 ގަޑިރުތެރޭ ޝެއާކުރައްވާ ކޮންމެވެސް 1 ކިޔުންތެރިއަކަށް ހަދިޔާއެއްގެ ގޮތުގައި މިއަދުނޫހުން 4 ފުޅި ސެންޓް އަރުވާނަމެވެ. އިން ޝާ ﷲ  

ރެއަށް ސަމާލުވާން ހަނދުމަކޮށްދިނުން: މިރޭ ތޭވީސް! މިއީ ފަހު ދިހައިގެ 2 ވަނަ އޮނަހިރިރޭ! 

ފަހު ދިހަ ފެށި ފުރަތަމަ އޮނަހިރިވިލޭރޭ ފާއިތުވެ މިރެއަކީ 23 ވިލޭރެއެވެ. އެހެންކަމުން މިރެއަކީ ފަހުދިހައިގެ 2 ވަނަ އޮނަހިރިވިލެރެއެވެ. 

މިރެއަކީވެސް ލައިލަތުލްޤަދްރިވިލޭރޭ ލިބިގަންނަން ކުރަމުން މިދާ މަސައްކަތުގައި އެންމެ ބޮޑަށް ސަމާލުކަންދޭންޖެހޭ އެއް ރެއެވެ. އަދި ހުކުރު ވިލޭރޭކަމަށްވުމުން މިރެއަކީ އެމީހަކު ބޭނުންހައި އިރެއްވަންދެން އަޅުކަންކުރަން ހޭލައި އިނުމަށް އެއްވެސް ހުރަހެއް އޮތް ރެއެއް ނޫނެވެ. 

މިއަދުނޫހުގެ ކިޔުންތެރިންނަށް މިފަދައިން ހަނދުމަކޮށް އަރުވަނީ ހުރިހާ ބޭފުޅުންވެސް އަވަދިނެތި އުޅުއްވާއިރު ހަމަ މިރެއަކީ 2 ވަނަ އޮނަހިރިރޭކަން ހަނދުމަފުޅު ނެތިދާނެތީ ހަނދުމަފުޅުކޮށް އެރުވުމަށެވެ. 

އިން ޝާ ﷲ އަޅުގަނޑުމެން ދާނީ ﷲ ގެ ވައުފަށް އެއްލަމުންނެވެ. ހިއްޕަވައި ފައިދާ ހޯދުން އޮތީ ކިޔުންތެރިންނަށެވެ.

 

 

 

މިއަދު އޮންލައިން