ކިތަންމެ ކުޑަކުޑަ މިންވަރަކުން ނަމަވެސް ޞަދަޤާތް ކުރާށެވެ! ލިބުނު މީހާގެ ދުޢާއަކީ ތިބާ ހިފާރޯދަ ޤަބޫލުކުރައްވަވައި ސުވަރުގެ ވައްދަވާ ސަބަބަށް ވެދާނެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
ކިތަންމެ ކުޑަކުޑަ މިންވަރަކުން ނަމަވެސް ޞަދަޤާތް ކުރާށެވެ! ލިބުނު މީހާގެ ދުޢާއަކީ ތިބާ ހިފާރޯދަ ޤަބޫލުކުރައްވަވައި ސުވަރުގެ ވައްދަވާ ސަބަބަށް ވެދާނެ!: މުފްތީ މެންކް

ބަރަކާތްތެރި ރަމަޟާން މަހުގެ ދުވަސްތައް ފެށިގެން ކުރިއަށްދަމުންގޮސް މިހާރު މިއޮތީ ނިމޭ ކޮޅުމަތި ފެށިފައެވެ. އިސާހިތަކު ފެންނާނީ ރަމަޟާން މަސް އަހުރެމެންނާއި ވަކިވެގެންދާތަނެވެ. ފައިދާކުރާނީ ޖަމާކުރެވުނު ހެޔޮޢަމަލަކުންނެވެ.

ކޮންމެ ދުވަހަކު ތިބާ ކުރާ ޚަރަދުތަކަށްބަލައިފިނަމަ އެންމެ ޑޮލަރަކީ ތިބާއަށް އެއްވެސް އެއްޗަކަށް ނުވެދާނެއެވެ. ނަމަވެސް ޙާލުގައި ޖެހިފައި ހުރި މީހަކަށް އެ އެންމެ ޑޮލަރަކީ އޭނާ އާއި އޭނާގެ ޢާއިލާއަށް ބޮޑު ބަދަލެއް ގެނެސްދޭނެވަރުގެ ބޮޑު އެހީއަކަށްވެދާނެއެވެ! އެޙާލުގައި ތިބި ނިކަމެތިން މަދެއް ނޫނެވެ.

އަދި ކީއްހެއްޔެވެ؟ އެނިކަމެތި މީހާ ތިބާއަށްޓަކައި ކުރާ ހެޔޮ ދުޢާއަކީ ތިބާ ރަމަޟާން މަހު ހިފާ ރޯދަތަކާ ކުރާ އަޅުކަން ﷲ ތަޢާލާ ޤަބޫލުފުޅު ކުރައްވަވާ ސަބަބުކަމުގައިވެދާނެއެވެ! އަދި އޭނާގެ ދުޢާއަކީ ތިބާ ސުވަރުގެ ވައްދަވާނެ ސަބަބުކަމުގައިވެސްވެދާނެއެވެ.

މިބަހުގެ ބޭނުމަކީ ކޮންމެހެން ދުވާލަކު އެންމެ ޑޮލަރެއް ޞަދަޤާތްކުރުމެއް ނޫނެވެ. ތަނަވސްކަންހުރި މިންވަރަކުން ވީހައި ގިނައިން ޞަދަޤާތްކޮށް ﷲ ތަޢާލާގެ ރަޙްމަތުން ފާފަ ފުއްސަވައި ސުވަރުގެ ވައްދަވާ އަޅަކުކަމުގައިވުމަށް މަސައްކަތްކުރާށެވެ.

މިބުނި ބަހުގެ މުރާދަކީ އެމީހަކަށް ދެވެން އޮތް މިންވަރަކީ އެންމެ ޑޮލަރެއް ނަމަވެސް އަދި އެއަށްވުރެ މަދުންނަމަވެސް ދީގެން ކޮންމެ ދުވަހަކުވެސް ޞަދަޤާތްކުރާ އަޅަކުކަމުގައިވުމެވެ. ކޮންމެ މީހަކީވެސް އެމީހަކަށް ވެވެން އޮތް މިންވަރަކުން ޞަދަޤާތްކުރާ މީހަކަށްވުމެވެ.

ނަރަކައިން ސަލާމަތްވުމަސްޓަކައި ކަދުރުއޮށެއްގެ ފަޅިވަރެއް ނަމަވެސް ޞަދަޤާތްކުރާ މީހަކަށްވުމަށް އޮތް ޙަދީޘްފުޅަށް ޢަމަލުކުރާ މީހަކުކަމުގައިވުމެވެ.

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން