ސޯޝަލް މީޑިއާއިން އެންމެ ގިނަ ޘަވާބު ލިބި ހިފާ ރޯދައަށް ފައިދާކުރާނެ ޕޯސްޓް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 28ސ
ސޯޝަލް މީޑިއާއިން އެންމެ ގިނަ ޘަވާބު ލިބި ހިފާ ރޯދައަށް ފައިދާކުރާނެ ޕޯސްޓް!

ތަފާތު ޕޯސްޓްތައް ހަދައިގެން ސޯޝަލް މީޑިއާގައި ޢާންމުކުރާ މީހުން މިދައްކާ ވާހަކަތަކަށް ވިސްނައިލާށެވެ! ހަމަޤައިމުވެސް އެއިރުން ކުރެވޭނީ އަޅުކަމެކެވެ. އެކަމަކުން ޘަވާބު ދެއްވަވާނެ އަޅުކަމެކެވެ.

"މިދަނީ މިވެނި މިސްކިތަކަށް ނަމާދަށް! އަވަހަށް އާދޭ! މިރޭ ތަރާވީހަށް ދާނީ މިވެނި މިސްކިތަކަށް، މިރޭ ދަމު ނަމާދަށް ދާނީ މިވެނި މިސްކިތަކަށް. ބައްދަލުކުރަންވާނެ! އިން ޝާ ﷲ!" ބުނެ މެސެޖުކޮށްފިނަމަ އޭނާގެ އެކުވެރިންގެ މެދުގައިވެސް އެކަންކަންކަން ކުރުމަށް އެޅޭ އިތުރު ބާރަކަށް ވާނެއެވެ. އެކުވެރިޔާގެ ކިބައިން ހިތްވަރު ލިބި އެކުވެރިން ހީވާގިވާނެއެވެ.

ނަމާދުކުރުން ފަދަ ކަންކަމަށް މީހުން ޝައުޤުވެރި ކުރުމުގެ މަތިވެރި ނިޔަތުގައި ތިމާ ނަމާދަށް މިދަނީ މިވެނި މިސްކިތަކަށް ކަމަށް ބުނެ އެ މިސްކިތަށް އައުމަށް އޭނާގެ ގާތް މީހުންނަށް ހިތްވަރު ދިނުމަކީ ދެއްކުންތެރި ކަމުގެ އަމަލަކަށް ނުވާނެ އެވެ! އަދި ކީއްހެއްޔެވެ؟ އެކަމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެކެވެ. ބަލަންވީ މީހުން ކިޔާނެ އެއްޗަކަށް ނޫނެވެ! ތިމާއަށް ޘަވާބު އިތުރުކުރެވޭނެ ގޮތަކަށެވެ. ނިޔަތް ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. ވީމާ މީހަކު ބުނާ އެއްޗަކަށް ކަންބޮޑުވާކަށް ނުޖެހެއެވެ.

"އެމީހެއްގެ ސޯޝަލް މީޑިއާ ގްރޫޕުތަކުގަވެސް ލިޔަންވީ. ޓްވީޓްވެސް ކުރަންވީ. މި ގޮތަށް ވިސްނަވާ! ނަމާދާ ދުރުކުރަން ކުރާ މަސައްކަތްތައް އިންތިހާއަށް އެބަ އިތުރުކުރޭ! އެނގިތިބެ އާ ނުއެނގި ތިބެ އެމަޅީގަ މީސްތަކުން އެބަ ޖެހޭ. ވީމާ ނަމާދަށް މީހުން ގެންދަން ބާރުއަޅައި ކުރާ މަސައްކަތް ހަމަ އެ ބާރުމިނުގައި ނުކޮށް ކިހިނެއްތޯ އަޅުގަނޑުމެންނަށް ސަލާމަތްވެވެން އޮތީ! ވީމާ އެގޮތުން ކުރާ އެއްވެސް ކަމަކީ ދެއްކުންތެރިކަމެއް ނޫން. އެއީ އިސްލާމް ދީނަށް ނަޞްރުދޭން ކުރެވޭ މަސައްކަތް."

ކަން މިހެން އޮތްނަމަވެސް ގިނަ ބައެއްގެ އެންމެ ގާތް މިތުރަކީ ސޯޝަލް މީޑިއާއެވެ. ސޯޝަލް މީޑިއާ ބަލައިލިމުން މި ރަމަޟާން މަހުގައިވެސް ފެންނަނީ "މިހިރީ މިވެނިތަނެއްގައި ކުޅެން، މިހިރީ މިވެނިތަނެއްގައި ކުޅިބަލަން. ވަރަށް ފޯރި ގަދަ. ނަގާ ރާޅުތައް ވަރަށް ބިޔަ!" ކަމަށް ބުނެ އެމީހެއްގެ އުކުވެރިންނާއި އެމީހަކަށް ތާއީދުކުރާ މީހުން އެތަނަކަށް އެއްކުރަން ކުރެވިފައި ހުންނަ މަސައްކަތްތަކެވެ. ހަމަ ގައިމުވެސް އެއިން ކަމެއް ކޮށްގެން ރޯދައަށް ކުރާނެ އެއްވެސް ފައިދާއެއް ނުއޮންނާނެއެވެ.

ބައެއް މީހުން ދެކޭ ގޮތުގައި މިފަދަ ރަމަޟާން މަހުގައި ވެސް އަޅުކަމާއި ދުރުހެލިވާ ކަންކަން ކުރާކަން އިޝްތިހާރުކޮށް އެކަންކަމަށް މީހުން ޝައުޤުވެރިވުމަކީ އިބިލީހާއި ބައިބައިވެރިވުމެއް ނޫނެވެ. ނަމަވެސް މިދަނީ ނަމާދަށް ކަމަށް ބުނެފި ނަމަ އެއީ ދެއްކުންތެރިއަކަށް ހަދައި ބިރުގަންނަވައެވެ. ނަމާދަށް ހިނގާށޭ ބުނެފިނަމަ އެއީ ހައްދުފަހަނައަޅާފައިހުރި މީހަކަށް ހަދައި ބިރުވެރިކަމުގެ ތެރެއަށް ވައްޓާލައެވެ!

ހަމަޔަޤީނެވެ! މިއީ އިސްލާމް ދީން މަތިވެރިކުރުމަށް ހުރިހާ މުސްލިމުން ޖިހާދުކުރުމުގެ ވަގުތެވެ! އެމީހަކަށް ދެވެން އޮތް ގޮތަކުން އިސްލާމް ދީނަށް ނަޞްރުދީ އިސްލާމް ދީން ނަގަހައްޓަން ކުރެވެން ހުރި ހުރިހާ މަސައްކަތް ކުރަންވީ ވަގުތެވެ! އެކަމަށްޓަކައި ކުރަން އޮތް ފުރަތަމަ މަސައްކަތަކީ ވީހައި ގިނަ ބައަކު ނަމާދަށް އަހުލުވެރިކުރުވުމުގެ މަސއްކަތެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން