ތިރީގައި މިފާހަގަކޮށްލަނީ ފަހު 10 ލިބިގަތުމަށްޓަކައި ސަމާލުކަން ދޭންޖެހޭނެ 10 ކަމެކެވެ!
1 އަމިއްލަ ދިރިއުޅުމަށާ އާޚިރަތަށް ފާއިދާހުރި ކަމެއްގަ ނޫނީ އިންޓަރނެޓް/ސޯޝަލް މީޑިއާ ބޭނުން ނުކުރާށެވެ!
2 ޢީދުކުޅިވަރަށް ތައްޔާރުވާން ވަޤުތު ހޭދަކުރުމުގެ ބަދަލުގަ އަޅުކަމުގަ ވަޤުތު ހޭދަކުރާށެވެ!
3 ކޮންމެ ރެއަކުވެސް ކޮންމެވެސް މިންވަރެއް ޞަދަޤާތްކުރާށެވެ!
4 ކަންނެތްކަމާއި ދުރުހެލިވެ ވަރުބަލިވުމަށް ބޯނުލަނބައި ވީހާ ގިނަ އަޅުކަންކުރަން އަމިއްލަ ނަފްސަށް ބާރުއަޅާށެވެ!
5 އިޢްތިކާފަށް އިންނާށެވެ! މުޅި ދުވަސް ހޭދަނުކުރެވޭ މީހާ ވީހާ ގިނަ ވަޤުތެއް މިސްކިތުގަ/ މުސައްލަމަތީގަ ހޭދަކުރާށެވެ!
6 ކޮންމެ ނަމާދެއްވެސް ޖަމާޢަތުގަ ކުރާށެވެ!
7 ރޭއަޅުކަމަށް ސަމާލުކަންދޭށެވެ!
8 ނަރަކައިން ސަލާމަތްކޮށްދެއްވެވުން އެދިގެންނާ ސުވަރުގެ ދެއްވެވުން އެދިގެން ވީހާ ގިނައިން ދުޢާކުރާށެވެ!
9 ކީރިތި ޤުރްއާން ކިޔެވުން ގިނަކުރާށެވެ!
10 ތިމާ އެދޭ ކަންކަން ހިންމަވައިދެއްވެވުން އެދިގެންނާއި ޢާއިލާއަށާއި މީސްތަކުންނަށް ހެޔޮ ރަޙްމަތް މިންވަރު ކުރެއްވެވުން އެދި ދުޢާކުރުން ގިނަކުރާށެވެ!