ލިބިގަތުން އޮތީ އެމީހެއްގެ އަތްމަތީގައެވެ! ފަޖުރުލުމުން ލައިލަތުލްޤަދްރިވިލޭރޭ ނިމޭކަމަށް ﷲ ތަޢާލާ ވަޙީ ކުރެއްވެވި ސަބަބު: ޝައިޚް އަބޫބަކުރު ޒައުދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ
ލިބިގަތުން އޮތީ އެމީހެއްގެ އަތްމަތީގައެވެ! ފަޖުރުލުމުން ލައިލަތުލްޤަދްރިވިލޭރޭ ނިމޭކަމަށް ﷲ ތަޢާލާ ވަޙީ ކުރެއްވެވި ސަބަބު: ޝައިޚް އަބޫބަކުރު ޒައުދު

ކޮންމެ ރެއެއްވެސް ނިމެނީ ފަޖުރުލުމުންނެވެ. ފަތިސްނަމާދުގެ ބަންގިއާއިއެކު އަނެއް ދުވަސް ފެށެއެވެ. މިއީ ޚާއްޞަކަމެއް ނޫނެވެ. ކޮންމެ ދުވަހަކުވެސް ކަންތައް ހިނގަމުން އަންނަ ގޮތެވެ. ސުވާލަކީ ފަޖުރުލުމުން ލައިލަތުލްޤަދްރިވިލޭރޭ ނިމޭކަމަށް ﷲ ތަޢާލާ ވަޙީ ކުރެއްވެވީ ކީއްވެގެންހެއްޔެވެ؟  

މީސްތަކުންނޭވެ! މިއީ ވަރަށް މުހިންމު ސުވާލެކެވެ.  ޖަވާބަކީ: 

އަހުރެން ޤަބޫލުކުރާ ގޮތުގައި ރޭގެ ކޮންމެ މިނިޓެއްވެސް އެންމެ ހެޔޮ ގޮތުގައި ބޭނުން ކުރުމަށް އެންގެވުމެވެ. ނަމާދުކުރުމާއި ޤުރްއާން ކިޔެވުމާއި ޛިކުރުކުރުމާއި ދުޢާކުރުމުގައި ރޭގެ ހުރިހާ ވަގުތުތަކެއް ބޭނުންކުރުމުގެ މުހިންމުކަން ބަޔާންކުރެއްވެވުމެވެ.  

މީސްތަކުންނޭވެ! އަހުރެމެންގެ ފައިދާއަށް މެނުވީ ﷲ ތަޢާލާ އެއްވެސް ކަމެއް މިންވަރެއް ނުކުރައްވަވާނެތެވެ. ވީމާ އަހަރެމެންނަށް އޮތީ ބަލައިގަތުމެވެ. ރޭއަޅުކަމުގައި ވީހައި ގިނަ ވަގުތުތައް ހޭދަކޮށް ލައިލަތުލްޤަދްރިވިލޭރޭގެ ބަރަކާތާއި ޘަވާބު ލިބިގަންނަން މަސައްކަތްކުރުމެވެ.  

ފަރުވާތެރިވާށެވެ! މިއީ ގިނަގިނައިން ލިބެން އޮތް ފުރުޞަތެއް ނޫނެވެ. އަހަރަކު އެންމެ ފަހަރަކު އެންމެ ރެއަކު ދެއްވަވާ ފުރުޞަތެކެވެ. މިއަހަރު އެ ފުރުޞަތު ނަގާލައިފިނަމަ އެމީހަކަށް އަލުން އެފުރުޞަތު ނުލިބިދާނެކަމަށް ބިރުވެތިވާށެވެ.  

- ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން

މިއަދު އޮންލައިން