ޝައިޚް އަންސާރުގެ އިލްތިމާސް މަދީނާއިން: ޢުމުރު ދިގުވުމަށާ ރޯދީގަ ބަރަކާތް ލެއްވެވުމަށް އެދޭ މީހާ ޢާއިލާގެ އެންމެންނާ ގުޅުން ބަދަހިކުރާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 43ސ
ޝައިޚް އަންސާރުގެ އިލްތިމާސް މަދީނާއިން: ޢުމުރު ދިގުވުމަށާ ރޯދީގަ ބަރަކާތް ލެއްވެވުމަށް އެދޭ މީހާ ޢާއިލާގެ އެންމެންނާ ގުޅުން ބަދަހިކުރާށެވެ!

ކޮންމެ މީހަކުވެސް އެމީހެއްގެ ޢުމުރު ދިގުވެ ރޯދީގައި ބަރަކާތް ލެއްވެވުމަށް ބޭނުންވާނެއެވެ. އެކަމަށް އެދޭމީހާ ޢަމަލުކުރަންވީ ގޮތް ޙަދީޘްފުޅުން އެނގެން މިއޮތީއެވެ. 

"ޙަދީޘްފުޅުގައި އޮތީ ރަޙިމުގެ ގުޅުން ބަދަހިކޮށް ދެމެހެއްޓުމަކީ ޢުމުރު ދިގުވެ ރޯދީގައި ބަރަކާތް ލައްވަވާ ކަމެއް ކަމަށެވެ. ވީމާ އެކަންކަމަށް އެދޭ މީހާ އެއްވެސް މީހަކު އިސްތިސްނާ ނުކޮށް ޢާއިލާގެ އެންމެންނާ ގުޅުން ބަދަހިކުރާށެވެ! މައްސަލައެއް ޖެހި ރުޅިއައިސްފައި ތިބޭ މީހުންނާއިވެސް ގުޅުން ބަދަހިކުރާށެވެ! މައިން ބަފައިން އަޚުން އުޚުތުން މާމަ، ކާފަ މިހެންގޮސް ރަޙިމުގެ ގުޅުން ޤާއިމުކުރަންޖެހޭ އެންމެންނާއިވެސް ގުޅުން ބަދަހިކުރާށެވެ. 

އެއިރުން އެކަމުގެ ސަބަބުން އެމީހާގެ ޢުމުރު ދިގުވެ ރޯދީގައި ބަރަކާތް ލައްވަވާނެތެވެ. ނަތީޖާއަކީ ދެދުނިޔޭގެ ކާމިޔާބާއި ފަލާޙް ލިބިގެންދިއުމެވެ."

- ޝައިޚް ޙުސައިން އަންސާރު

ގުޅުން ހުރި ވީޑިއޯ:

 

މިއަދު އޮންލައިން