އަޚާއަށް ހިތް ނުބައިކޮށް ޢަދާވާތްތެރިވެހުރެ ބޭރުފުށުން އެކަން ސިއްރުކުރާ މީހަކީ ބީރު އަނދިރި މީހެއްގެ ގޮތުގައި ލައްވާނެތެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ
އަޚާއަށް ހިތް ނުބައިކޮށް ޢަދާވާތްތެރިވެހުރެ ބޭރުފުށުން އެކަން ސިއްރުކުރާ މީހަކީ ބީރު އަނދިރި މީހެއްގެ ގޮތުގައި ލައްވާނެތެވެ!

އެއްވެސް މީހަކާއިމެދު ދެމޫނު ގެންގުޅުމަކީ މުސްލިމުންގެ ސިފައެއް ނޫނެވެ. އެއީ މުނާފިޤުންގެ ސިފައެކެވެ. މިއީ ވަރަށް ބިރުހުރި ކަމެކެވެ. އަހަރެމްނެ ވާންޖެހޭނީ އެބާވަތުގެ ނުބައި ސިފަތަކުން ސަލާމަތްވެގެން ތިބޭ ބައަކަށެވެ.

ﷲ ތަޢާލާގެ ކޯފާއަކީ ހަމައެކަނި ލޮލަށް ފެންނަ ނުވަތަ އިޙްޞާޞްކުރެވޭ ބޮޑެތި މުޞީބާތްތަކެއް ނޫނެވެ. އެންމެ ބޮޑު ކޯފާއަކަށްވާނީ ޙައްޤު މަގު ފެނުމުން މަޙްރޫމްވެފައިވާ މީހަކު ކަމުގައި ލެއްވެވުމެވެ. އެހެނީ އެއިރުން ދުނިޔޭގައި އެމީހަކަށް އުފަލުގައި އުޅެވުނަސް އެމީހެއްގެ އާޚިރަތް ގެއްލިގެންދިއައީއެވެ. އެއީ އިންސާނަކަށް ކުރިމަތިވާނެ އެންމެ ބޮޑު ހިތާމައެވެ. 

ތިރީގައިވާ ޝައިޚް އަޙްމަދު ރިމާޒްގެ ބަސްފުޅަށް ވިސްނައިލާށެވެ! 

"އެމީހެއްގެ އަޚާގެ މައްޗަށް ދުލުން ލޯތްބާއި އޯގާތެރިކަން ފާޅުކޮށް، ހިތުގައި ޢަދާވާތްތެރިކަމާއި، ރުޅިވެރިކަން ފާޅުކުރާމީހަކަށް ﷲ ތަޢާލާ ލަޢުނަތް ލައްވަވާނެއެވެ. އަދި އެމީހަކީ ބީރު އަނދިރި މީހެއްގެ ގޮތުގައި ލައްވާނެއެވެ" 

(އެބަހީ ޙައްޤެއް އަޑެއްނީވޭ، ޙައްޤެއް ނުފެންނަ މީހެއްގެ ގޮތުގައި އެމީހަކު ލައްވާނެއެވެ)". (الفضيل بن عياض) 

- ޝައިޚް އަޙްމަދު ރިމާޒް

 

މިއަދު އޮންލައިން