މާނައަށް ވިސްނައިގެން މިކުރުކުރު އާޔަތް ކިޔަވާ މީހަކަށް އެންމެ ފާފައެއްވެސް ނުކުރެވޭނެ! އިން ޝާ ﷲ-: ޝައިޚް އަބޫބަކުރު ޒައުދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 16ސ
މާނައަށް ވިސްނައިގެން މިކުރުކުރު އާޔަތް ކިޔަވާ މީހަކަށް އެންމެ ފާފައެއްވެސް ނުކުރެވޭނެ! އިން ޝާ ﷲ-: ޝައިޚް އަބޫބަކުރު ޒައުދު

އަހަރެމެންނަށް އޮތް އެންމެ ބޮޑު ބިރަކީ ފާފަކުރެވޭކަމެވެ. އަބަދުވެސް މަސައްކަތްކުރަންޖެހެނީ ފާފަނުކޮށް ހުރުމަށެވެ. ސުވާލަކީ ފާފަކުރުމާއި އެބަ ދުރުހެލިވެވޭ ހެއްޔެވެ؟ ކުރަން އެންމެ އުނދަގޫކަމަކަށްވަނީ ފާފަނުކޮށް ހުރުން ނޫން ހެއްޔެވެ؟ 

ކޮންމެ މީހަކަށްވެސް ފާފަ ކުރެވެނީ ޝައިޠޯނާ އެކަމަށް ވަސްވާސް ދިނުމުންނެވެ! ޝައިޠޯނާގެ ވަސްވާސްތަކަށް ހެއްލެވި ފާފައެއް ކުރެވެން އުޅޭ ވަގުތު މި އާޔަތް ހަނދާނަށް ގެންނާށެވެ! ކިޔަވަންވެސް ކިޔަވާށެވެ! 

أَلَمْ يَعْلَم بِأَنَّ ٱللَّهَ يَرَىٰ 

"ހަމަކަށަވަރުން ﷲ ދެކެވޮޑިގެންވާކަން އޭނާއަށް ނުއެނގެނީ ހެއްޔެވެ؟" (އަލްޢަލަޤް: 14) 

އަދި ދުލަށް ވީހައި ބޮޑަށް ބާރުލާފައި ބުނާށެވެ! "ﷲ ތަޢާލާ ބައްލަވާ ވޮޑިގެންވެއެވެ!" 

މީސްތަކުންނޭވެ! ތިމާއަށް ފާފަ ކުރެވެން އުޅޭވަގުތު ތިމާއަށް ﷲ ތަޢާލާ ބައްލަވައިވޮޑިގެންވާކަން ހިތްމައްޗަށް ގެނެވިއްޖެނަމަ ﷲ ތަޢާލާއަށް އީމާންވެގެން ހުރި މުސްލިމަކު އެފާފައެއް ނުކުރާނެއެވެ! ފާފައެކުރެވެނީ އެކަން އެވަގުތު ހަނދާންނެތިގެންދާތީއެވެ! އިބިލީސް އެކަން ހަނދާންނައްތުވައިލަނީއެވެ! 

މީސްތަކުންނޭވެ! އިޚްލާޞްތެރިކަމާއިއެކު ފާފަކުރުން ހުއްތާލަން ބޭނުންވެގެން މިކަން ތަޖުރިބާކުރި އެންމެންވެސް ވަނީ މި ނަޞޭޙަތުން ފައިދާ ލިބިގެންފައެވެ! ނަޞޭޙަތަކީ ތިބާވެސް މިކަން ތަޖުރިބާކޮށްލުމެވެ. އިން ޝާ ﷲ ތިބާއަށްވެސް ފާފަކުރުން މުޅިން ހުއްޓައިލެވޭނެއެވެ! 

- ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން

މިއަދު އޮންލައިން