ކިތަންމެ ގިނައިން ފާފަކުރެވިފައިވީނަމަވެސް ފުއްސަވައިދެއްވެވުމަށާ ރަޙްމަތަށް އެދި ކޮންމެ ރެއަކުވެސް މިފަދަ ދުޢާތައް ކުރާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 1ސ
ކިތަންމެ ގިނައިން ފާފަކުރެވިފައިވީނަމަވެސް ފުއްސަވައިދެއްވެވުމަށާ ރަޙްމަތަށް އެދި ކޮންމެ ރެއަކުވެސް މިފަދަ ދުޢާތައް ކުރާށެވެ!

ދުޢާއަކީ ދުޢާކުރާ މީހާއާއި ﷲ ތަޢާލާ އާއި ދެމެދުގައި އޮންނަ ކަމެކެވެ. އެހެންކަމުން އެމީހަކު ބޭނުންވާ ކޮންކަމަކަށް އެދި ދުޢާކުރެވޭނެއެވެ. އެމީހާ އެދެން ބޭނުންވާ ކަމަކަށް އެދި ކުރާނެ ދުޢާއެއް ޤުރްއާނާއި ސުންނަތުން ނުއެނގޭނަމަ އެމީހަކު ވާހަކަ ދައްކާ ބަހަކުން ދުޢާކުރާށެވެ. އެއީ އެއްވެސް މައްސަލައެއް އޮތް ކަމެއް ނޫނެވެ.

ފާފަތައް ފުއްސަވައި ދެއްވެވުން އެދި މިފަދައިންވެސް ދުޢާކުރެވިދާނެއެވެ!

ޔާ ﷲ! އިނބަ ﷲ އީ ފާފަފުއްސަވައިދެއްވެވުމުގައި އިމެއް ނެތްވަރަށް ދީލަތިވެވޮޑިގެންވާ ރަސްކަލާނގެއެވެ. މިއަޅާއަށް ވަނީ ޢަދަދުކުރަން ނުއެނގޭހައި ގިނައިން ފާފަ ކުރެވިފައެވެ. މިއަޅާއަށް ކުރެވިފައިވާ ހުރިހާ ފާފަތަކަށް ޢަފޫކުރައްވަވާނދޭވެ! އަދި ފާފަ ކުރެވުމުން މިއަޅާ ސަލާމަތްކުރައްވަވައި ދެއްވަވާނދޭވެ!

ޔާ ﷲ! އިނބަ ﷲ އަށް އުރެދުވުމަކަށްވާނެ އެއްވެސް ޢަމަލެއް ނުކުރުމަށް މިއަޅާއަށް މަގުދައްކަވައިދެއްވަވާނދޭވެ! އަދި ފާފަކުރަން ޝައުޤުވެރިވުމުން މިއަޅާގެ ހިތް ޠޯހިރުކުރައްވަވައި ދެއްވަވާނދޭވެ!

ޔާ ﷲ! އިނބަ ﷲ ގެ ރަޙްމަތާއި ފާފަ ފުއްސަވައިދެއްވެވުން އިމެއް ނެތި މިންވަރުކުރައްވަވާ މި ރަމަޟާން މަހުގައި ރަޙްމަތް ލައްވަވާ އަޅުންގެތެރޭގައި މިއަޅާ ހިމަނުވެއްވަވައިދެއްވަވާނދޭވެ! އަދި މިއަޅާއަށް ކުރެވިފައިވާ ހުރިހާ ފާފަތައް ފުއްސަވައި ދެއްވަވައި މިއަޅާއަށް ރަޙްމަތް ލައްވަވާނދޭވެ! އާމީން

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން