الْحَمْدُ لِله وَصَّلاة وِسَّلام عَلَى رَسُولِ الله أمَّا بَعْدْ
އާދެ އަޅުގަނޑު މެންނާއި ބައްދަލު ކޮށްފައި މިވަނީ ބަރަކާތްތެރި ވެގެންވާ ރަމަޟާން މަސް ވަރަށް ގިނަގުނަ ދަރުމައާއި، ޘަވާބު އެމައްސަރެއްގައި އެކުލެވިގެންވާ އަދި ހަމަ އެހެންމެ އެމައްސަރެއްގައި ﷲ ގެ حضرة ންވާ ދިންނެވުމާއި، ފުއްސެވުން އިންތިހާއަށް އިތުރުވެގެންވާ މައްސަރެއް!
އެހެންނަމަވެސް ސުވާލަކީ އަޅުގަނޑުމެންގެ ތެރެއިން ކިތައް މީހުންތޯ މިރަމަޟާން މަހާއި އިސްތިޤްބާލް ކުރީ މިމައްސަރާއި ތިމާ ބައްދަލުކޮށް އަލްވަދާޢު ކިޔާ ދާއިރު ތިމާއަކީ ހުރިހާ ފާފައެއް ޙަޔާތުގައި ތިމަންނައަށް ކުރެވިފައިވާ ހުރިހާ ފާފައެއް ފުހެވި ގޮސްފައިވާ މީހެއްގެ ގޮތުގައި ވުމަށްއެދި ކިތައް މީހުންތޯ މިމައްސަރާ އިސްތިޤްބާލު ކުރީ! ނުވަތަ މިމައްސަރާ ބައްދަލުކުރީ އެޤަސްދުގައި އެވިސްނުމުގައި އެއުންމީދުގައި އެ ޢަޒުމުގައި!
--ޝައިޚް އާދަމް ނިޝާންގެ ދަރުސަކުން
ޝައިޚް ކުރައްވާފައިއެވަނީ ވަރަށް މުހިންމު ސުވާލުތަކެކެވެ. އެހެނަސް އުންމީދުކަނޑައިނުލާށެވެ! މިހައިތަނަށް އެ ޢަޒުމްގައި މަސައްކަތް ނުކުރެވި އޮތްނަމަވެސް އަވަހަށް މަސައްކަތްކުރަން ފަށާށެވެ! ނިޔަތް ސީދާކޮށް ޢަމަލުތައް އިޚްލާޞްތެރިކުރާށެވެ! ހީވާގިވެލާށެވެ! އެއަށްފަހު ﷲ ތަޢާލާގެ ޙަޟްރަތުން ވާގިއެދޭށެވެ! ކާމިޔާބުވާނެއެވެ! އިން ޝާ ﷲ