ފާޠިމަތު ނަޢީޝާ
ރަމަޟާންމަހުގެ މައްސަރަކީ ހުރިހާ ގޮތަކުންވެސް ތިބާގެ ނަފްސު ޠާހިރުކޮށްލުމަށް ލިބޭ ރަނުގެ ފުރުސަތެކެވެ. ތިބާގެ އީމާންތެރިކަމާއި ޢަޤީދާ ވަރުގަދަވުމުގެ އިތުރުން ސިއްޙީގޮތުންވެސް އެތައް ފައިދާއެއް ލިބިގެންދާނެއެވެ.
ސިއްހީ ގޮތުން ލިބޭ ބައެއް ފައިދާތައް:
· ހަށިގަނޑުގައިވާ ބޭކަރު ސަރުބީތައް ބޭރުކޮށްލުން
· ހަށިގަނޑުގެ ހަޖަމުކުރުމުގެ ނިޒާމު ވަރުގަދަކުރުން
· ހަށިގަނޑުގައިވާ ނުރައްކާތެރި މާއްދާތައް ބޭރުކޮށްލުން
· ވިސްނުމާއި ހަނދާންކުރުމުގެ ބާރު ވަރުގަދަވުން
ރަމަޟާން މަހު ސިއްހީ ދުޅަހެޔޮކަން ދެމެހެއްޓުމަށް ކުރެވިދާނެ ބައެއް ކަންތައްތައް
· ރޯދަވީއްލާ އިރު ހަށިގަނޑަށް ފައިދާ ހުރި ކާނާ ކެއުން
· ހާރުކާއިރުވެސް ރަނގަޅު ކާނާ އިޚްތިޔާރުކުރުން
· ރޯދަވީއްލާ ގަޑީގައި މާގިނައިން/ބަނޑުފުރާ ނުކެއުން
· ރޯދަވީއްލުމަށްފަހު ގިނައިން ފެން ބުއިން
· މާބޮޑަށް ވަރުބަލި ނުވާނެހެން ކޮންމެވެސް ވަރަކަށް ކަސްރަތުކޮށްލުން
· ދުންފަތުގެ އިސްތިޢުމާލުކުރުމުން ދުރުހެލިވުން
· ގިނައިން ހަކުރު ހުންނަ ތަކެތި ކެއުމުން ދުރުހެލިވުން
https://www.clevelandclinicabudhabi.ae/en/health-byte/pages/how-ramadan-can-boost-your-health-and-wellbeing.aspx