މީސްތަކުންނޭވެ! މިއަދަކީ މި ރަމަޟާން މަހު އަހަރެމެންނާއި ބައްދަލުކުރާނެ އެންމެ ފަހު ހުކުރު ދުވަހެވެ. އެހެންކަމުން ދުވަހުގައި ހިމެނޭ ދުޢާ ޢިޖާބަކުރައްވަވާ ވަގުތުކޮޅު ލިބިގަންނަން މަސައްކަތްކުރަމުން ހަމައެންމެ ކަމެއް ފާހަގަކޮށްލާނަމެވެ.
މިފަދަ ރަމަޟާން މަހެއް ނިމިގެންދާއިރު އެމީހަކަށް ކެރިކުޅަދާނަވީ މިންވަރަކުން ކޮންމެ މީހަކުވެސް ޞަދަޤާތްކުރާނެ ކަމަށް ބަލަމާ ހިނގާށެވެ! ނަމަވެސް އެންމެ ރިޔާލައެއް ޞަދަޤާތް ނުކުރާ މީހާއަށްވުރެ ﷲ ތަޢާލާގެ ޙަޟްރަތުގައި ދަހިވެތިކަން މާބޮޑު މީހަކު އެބަ އުޅެއެވެ. އެއީ ތިބާކަމުގައި ވެއްޖެ ނަމަ ހުރި ހިތާމައެއްގެ ބޮޑުކަމާއިއެވެ.
ހަނދާނުގައި އަބަދުވެސް ބަހައްޓަންވީ "ދަހިވެތިކަން އެންމެ ބޮޑު މީހަކީ ދުޢާކުރަން ދަހިވެތިވާ މީހާ" ކަމަށް އޮތް ޙަދީޘްފުޅެވެ.
“Do you make regular du'a for what you want? Not only does du'a bring Allah's blessings, it also serves to motivate you and remind you of your goals. "The most stingy person is the one who doesn't even make du'a!" [Hadith] So don't be stingy...be generous with your du'as!"
Dr. Yasir Qadhi
މިޙަދީޘްފުޅުން އެނގިގެން މިދަނީ ޞަދަޤާތް ކުރަން ދަހިވެތިވާ މީހާއަށްވުރެ ދުޢާކުރަން ފަސްޖެހޭ މީހާގެ ދަހިވެތިކަން ﷲ ތަޢާލާގެ ޙަޟްރަތުގައި މާބޮޑުކަމެވެ. ވީމާ ހަނދާނުގައި ބަހައްޓަންވީ ބޯޓުގެ ނާޑުވާ ކެނޑުނު ނަމަވެސް ﷲ ތަޢާލާއަށް ދުޢާކުރަން ޢައިޝަތުގެފާނު ވިދާޅުވި ބަސްފުޅަށެވެ. އެބަސްފުޅުގެ މުރާދަކީ ނާޑުވާ ގަންނާނެ ފައިސާ ތިބާގެ އަތުގައި ހުރިނަމަވެސް ގަނެވޭނީ ﷲ ތަޢާލާ އިރާދަކުރއްވެވުމުން ކަމަށްވުމުން އެވަރުގެ ކަމަކަށްވެސް ފުރަތަމަކަމަކަސް ކުރަން އޮތް ކަމަކީ ﷲ ތަޢާލާއަށް ދުޢާކުރުން ކަމެވެ.
އަދިވެސް އިތުރު ޙަދީޘްފުޅެއް އެބައޮތެވެ.
Abu Huraira reported: The Messenger of Allah, peace and blessings be upon him, said,
“Verily, the most helpless of people are those unable to supplicate. The most miserly of people are those who are miserly with the greeting of peace.”
Grade: Shu’ab al-Imān 8238
Grade: Sahih (authentic) according to Al-Albani
މިޙަދީޘްފުޅުގައި އެވަނީ އެމީހަކަށް ރަސޫލާ ﷺ ގެ ނަންފުޅުގެ އަޑު އިވޭހިނދު އިތުރު އެކަލޭގެފާނުގެ މައްޗަށް ޞަލަވާތް ނުކިޔަވާމީހަކީ އެންމެ ދަހިވެތިކަންބޮޑު މީހެއް ކަމުގެ ވާހަކައެވެ.
މީސްތަކުންނޭވެ! ދުޢާކުރުން ރަމަޟާން މަހު އިތުރުކުރާށެވެ! އަދި ރަމަޟާން މަސް ދިއުމުންވެސް ގިނަގިނައިން ދުޢާކުރާ މީހަކަށްވާށެވެ! ﷲ ތަޢާލާގެ ދީލަތިވަންތަކަމުގެ ރަޙްމަތް ލިބިގަނެވޭނީ އެއިރުންނެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން