ސައުދީ ރަސްގެފާނު ކިންގ ސަލްމާން ބިން ޢަބްދުލްޢަޒީޒް ދެއްވާ ރޯދަވީއްލުން މިއަހަރުވެސް ފަސްހާހަށްވުރެ ގިނަ މީހުންނަށް ރާއްޖޭގައިވެސް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.
މުސްލިމް ގިނަ ޤައުމުތަކެއްގައި ކުރިއަށް ގެންދާ މިޕްރޮގްރާމް ކުރީ އަހަރިތަކެކޭ އެއްފަދައިން މިއަހަރުވެސް ރާއްޖޭގައި އެންމެ ބޮޑަށް ކުރިއަށް ގެންދަނީ އިސްލާމީ މަރުކަޒުގައެވެ. އެމިސްކިތުގައި ޕްރޮގްރާމް ވަނީ ރަމަޟާން މަސް ފެށުމާއިއެކު ފަށައިފައެވެ.

މިޕްރޮގްރާންގެ ތެރެއިން ކިންގ ސަލްމާން މިސްކިތުގަ އާއި ބަރްބަރީ މިސްކިތުގައިވެސް ވަނީ ޕްރޮގްރާމް ކުރިއަށް ގެންގޮސްފައެވެ.
ސަލްމާން ރަސްގެފާނު ދިވެހި ރޯދަވެރިންނަށް ކޮންމެ އަހަރަކުވެސް 50 ޓަނު ކަދުރުވެސް ހަދިޔާކުރައްވައެވެ.

