ދިރިއުޅުން ބާއްޖަވެރިކަންމަތީގަ ކުރިއަރާނެ 3 ނަޞޭހަތް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 4ސ
ދިރިއުޅުން ބާއްޖަވެރިކަންމަތީގަ ކުރިއަރާނެ 3 ނަޞޭހަތް-

މިއަދުގެ ޢާންމު ޙާލަތުގައި ނިދުމުގެ ކުރިން ކޮންމެ ގޮތަކުންވެސް 2 ކަމެއް ކުރާނެއެވެ. އެއީ ބޭސްކާ މީހުން ބޭސްކެއުމާއި އެންމެންވެސް ފޯނު ޗާޖަރަށް ޖެހުމެވެ. މާދަމާއަށް ފަށަންވާއިރު ފޯނުގައި ޗާޖު ނުހެރެދާނެތީ ގިނަ ބައަކު ނިދާނީ ފޯނު ޗާޖުކުރަން ޖައްސައިފައެވެ.

ބޭސްކެޔަސް ފޯނުގައި ޗާޖް ހުރިނަމަވެސް ދުވަސް ކާމިޔާބުކުރެވުން ވަނީ މުޅިންތަފާތު ކަމަކުންނެވެ. އެއީ ފަތިސް ނަމާދުން ދުވަސް ފެށުމެވެ! ފުރަތަމަ ކަމަކަށް ގަޑިއާ ފޯނުވެސް ފަތިސް ނަމާދަށް ހޭލަން ސޯނާކުރާށެވެ! 

ޙަޔާތުގެ އެންމެ އަގުބޮޑު އެއްޗަކީ ވަގުތެވެ! އެންމެ ބޮޑަށް ހިތާމަކުރަންޖެހޭނީ ވަގުތުގެ ބޭނުން ހެޔޮ ގޮތުގައި ނުހިފުމުންނެވެ. ވީމާ ތިމާއަށް ފައިދާއެއް ނުކުރާނެ ކަންކަމަށް ވިސްނުމަށާއި އެމީހެއްގެ ސަބަބުން ތިމާގެ އާޚިރަތަށް ކުރިއެރުން ނުލިބޭނެ މީހުންނާއިއެކު ވަގުތު ހޭދަނުކުރާށެވެ! 

ފާފަކުރެވުމަކީ ތިމާގެ އީމާންކަން ކުޑަވެގެންދާ ކަމެކެވެ. ދޮގުބުނުމާއި ޣީބަ ބުނުމާއި ބޭކާރު ވާހަކަދެއްކުމާއި ބެލުންތައް ތިރިނުކުރުމަކީވެސް ބޮޑެތި ފާފަތަކެވެ. ނަމަވެސް އެކަންކަން ޢާންމުވެފައިވާ ވަރުން ގިނަ ބައަކު އެކަންކަން ކުރަނީ އެއްވެސް ބިރެއް ނެތިއެވެ. މިކުރެވެނީ ފާފައެއްކަމަށްވެސް ޤަބޫލުނުކުރެވޭ ޙާލުގައެވެ. 

އީމާންކަން އިތުރުކުރަން އެދޭމީހާ މިކަންކަމަށް ފަރުވާތެރިވާށެވެ! އަދި އީމާންކަން ތާޒާކުރަން ހެޔޮ ޢަމަލުތައް ކުރުން ގިނަކުރާށެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

މިއަދު އޮންލައިން