ޘަވާބާ އިނާމުވެސް ލިބޭ ފުރުޞަތު 3: މިރެއަކީ ފަހު ދިހައިގެ 3 ވަނަ އޮނަހިރިރޭކަން ޙިއްޞާކޮށްލައްވައިގެން ޘަވާބާއި އިނާމުވެސް ހޯއްދަވާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
ޘަވާބާ އިނާމުވެސް ލިބޭ ފުރުޞަތު 3: މިރެއަކީ ފަހު ދިހައިގެ 3 ވަނަ އޮނަހިރިރޭކަން ޙިއްޞާކޮށްލައްވައިގެން ޘަވާބާއި އިނާމުވެސް ހޯއްދަވާ!

"ޔާ ﷲ! އިނބަ ﷲ އީ އިނބަ ﷲ ގެ އަޅުތަކުންނަށް ފާފަފުއްސަވައިދެއްވެވުމުގައި ދީލަތިވަންތަ އިލާހްއެވެ. ގިނަގިނައިން ފާފަ ފުއްސަވައި ދެއްވަވާ އިލާހްއެވެ. ގިނަގިނައިން ތައުބާ ޤަބޫލުކުރައްވަވައި ފާފަފުއްސަވައިދެއްވެވުމަށް ލޯބިވެވޮޑިގެންވާ އިލާހްއެވެ. މިއަޅާގެ ފާފަތައް ފުއްސަވައިދެއްވަވައިދެއްވަވާނދޭވެ!" އާމީން  

ހުރިހާ ކިޔުންތެރިންނޭވެ! މިއަދުނޫހުން ކިޔުންތެރިންނަށް މިއެއްލާ ﷲ ތަޢާލާގެ ވައުފަށް ކިޔުންތެރިންވެސް ކިޔުންތެރިންގެ އެކުވެރިންނަށް އެއްލަވާށެވެ! މާނައަކީ ޝެއާކޮށްލައްވާށެވެ! އެކަމަށް ޙައްޤު ޖަޒާ ﷲ ތަޢާލާ ދެއްވަވާނެތެވެ! 

ﷲ ތަޢާލާގެ މަގަށް ހިތްވަރުދޭ މިލިޔުން އަރުވާތާ 24 ގަޑިރުތެރޭ ޝެއާކުރައްވާ ކޮންމެވެސް 1 ކިޔުންތެރިއަކަށް ހަދިޔާއެއްގެ ގޮތުގައި މިއަދުނޫހުން 4 ފުޅި ސެންޓް އަރުވާނަމެވެ. އިން ޝާ ﷲ   

ފަހު ދިހަ ފެށި 21، 23، ފާއިތުވެ މިރެއަކީ 25 ވިލޭރެއެވެ. އެހެންކަމުން މިރެއަކީ ފަހުދިހައިގެ  3 ވަނަ އޮނަހިރިވިލެރެއެވެ.  

މިރެއަކީވެސް ލައިލަތުލްޤަދްރިވިލޭރޭ ލިބިގަންނަން ކުރަމުން މިދާ މަސައްކަތުގައި އެންމެ ބޮޑަށް ސަމާލުކަންދޭންޖެހޭ އެއް ރެއެވެ.

މިއަދުނޫހުގެ ކިޔުންތެރިންނަށް މިފަދައިން ހަނދުމަކޮށް އަރުވަނީ ހުރިހާ ބޭފުޅުންވެސް އަވަދިނެތި އުޅުއްވާއިރު ހަމަ މިރެއަކީ 3 ވަނަ އޮނަހިރިރޭކަން ހަނދުމަފުޅު ނެތިދާނެތީ ހަނދުމަފުޅުކޮށް އެރުވުމަށެވެ.  

އިން ޝާ ﷲ އަޅުގަނޑުމެން ދާނީ ﷲ ގެ ވައުފަށް އެއްލަމުންނެވެ. ހިއްޕަވައި ފައިދާ ހޯދުން އޮތީ ކިޔުންތެރިންނަށެވެ.

މިއަދު އޮންލައިން