ޢީދުތަކާ ރަމަޟާން މަސް ބައްދަލުކުރުމުން ހިތަށް އުފާވެރިކަން ނުލިބޭ މީހުން އަމިއްލަ ނަފްސާ ސުވާލުކުރަންޖެހޭނެ!: ޝައިޚް ނިމާލް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 38ސ
ޢީދުތަކާ ރަމަޟާން މަސް ބައްދަލުކުރުމުން ހިތަށް އުފާވެރިކަން ނުލިބޭ މީހުން އަމިއްލަ ނަފްސާ ސުވާލުކުރަންޖެހޭނެ!: ޝައިޚް ނިމާލް

الصَّلاة وَالسَّلاَم عَلىَ رَسُوْلِ اللهِ وَعَلى آلِهِ وَأصْحَابِهِ وَمَنْ وَعَلى  

ރަމަޟާންމަސް އަޅުގަނޑުމެންނާ ބައްދަލުކޮށްފައިމިވަނީ. ރަމަޟާން މަހުގެ ދުވަސްތައް ހަމަމިހެން ދުވަހަކަށްފަހު ދުވަހެއް ފާއިތުވެގެންދާނެ. ﷲ ސުބުޙާނަހޫވަތަޢާލާ ދުނިޔޭގައި ލައްވާފައިވާ ޠޮބީއަތަކީ މިއީ. އަޅުގަނޑުމެން އެކަމަކަށްއެދޭ، އަޅުގަނޑުމެން އެކަމަކަށް ބޭނުންވާ ކޮންމެކަމެއް ހަޤީޤަތުގައި މިގޮތަށް ވަރަށް އަވަސްގޮތެއްގައި އަޅުގަނޑުމެންނާވަކިވެ އަލްވަދާޢު ކިޔާތަން އަޅުގަނޑުމެންނަށް ފެންނަނީ. 

ރަމަޟާންމަހަކީ ހަޤީޤަތުގައި މުސްލިމެއްގެ ޙަޔާތުގައި އަންނާނެ އެއްމެ އުފާވެރި ދުވަސްތައް. ރަމަޟާންމަހުގެ އެ ދުވަސްތައް އައުމުން މީހެއްގެ ހިތައް އުފާވެރިކަން ނާންނަކަމުގައި ވާނަމަ، ހިތްހަމަ ޖެހުމުގެ ޝުޢޫރުތައް އެމީހެއްގެ ހިތަށް ވެރިނުވާކަމުގައި ވާނަމަ އަމިއްލަ ނަފްސާ ދޭތެރޭގައި ސުވާލުކޮށްލަންޖެހޭ. ތިމަންނައަކީ ހަޤީޤަތުގައި ތިމްނަންގެ އީމާންކަން ރަނގަޅުތޯ، ތިމަންނަގެ އަޤީދާ ރަނގަޅުތޯ ކިހިނެއް އެކަމާދޭތެރޭ ސުވާލު އުފައްދަން ޖެހޭނެ ރަމަޟާންމަސް އައުމުން އޭނަގެ ހިތަށް އުފާވެރިކަން ނާންނަކަމުގައި ވާނަމަ. 

ﷲ ވަޙީކުރައްވާފައިވަނީ وَبِذَالكَ فَلْيَفْرَحُوا މާނަޔަކީ: މުސްލިމުން ފާހަގަކުރާ އެކިއެކި ޝީޢާރުތައް،އީދުތައް ކަމުގައިވީނަމަވެސް، ރަމަޟާންމަހުގެ މާތް އަޅުކަންކަމުގައި ވީނަމަވެސް، އަދި އެނޫންކަންތައްކަމުގައި ވީނަމަވެސް، މިފަދަ ޝީޢާރުތަކުގެ ސަބަބުން އެބަމީހުންގެ ހިތަށް  އުފާވެރިކަން ލިބޭނެ. އެބައިމީހުން އުފާވާނެ.

 

- ޝައިޚް ނިމާލް މުޙައްމަދު މިއަދުނޫހަށް

މިއަދު އޮންލައިން