ފަހު ދިހަ ތާޒާކުރަންވެސް ޤުރްއާނާއެކު ވަޤުތުހޭދަކުރުން ގިނަކުރާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 44ސ
ފަހު ދިހަ ތާޒާކުރަންވެސް ޤުރްއާނާއެކު ވަޤުތުހޭދަކުރުން ގިނަކުރާށެވެ!

ޢަރަބި ބަސް އެނގެނީ މުސްލިމުންގެ ތެރެއިން މަދު ބައަކަށެވެ. އެއީ ދުނިޔޭގެ ގިނަ ބައަކަށް ޢަރަބިބަސް ނުއެނގޭތީއެވެ. ވީމާ ޤުރްއާން ކިޔަވާ ގިނަބައަކަށް މާނަ ނުއެނގެއެވެ. އެހެންވެ މާނަ ނުއެނގި ކިޔެވުމުން ޘަވާބު ދެއްވަވާނެތޯ ގިނަބައަކު ސުވާލުކުރެއެވެ. 

ޖަވާބަކީ ކިޔަވާށެވެ! ކިޔެވުމުން ޘަވާބު ދެއްވަވާނެތެވެ! ތިބާ ތިއަ ކިޔަވަނީ އެންމެހައި މަތިވެރިކަން ލިބިބިވޮޑިގެންވާ ﷲ ތަޢާލާގެ ވަޙީބަސްފުޅެވެ. ވަޙީބަސްފުޅުތަކަށް ލޯބިންނެވެ. 

ކީރިތި ޤުރްއާނުގެ އާޔަތްތައް ޢަރަބިބަހުން ކިޔެވިނަމަވެސް އެކަމަށް ޘަވާބު ދެއްވަވާނެތެވެ. ނަމަވެސް ކީރިތި ޤުރްއާން ކިޔެވުމުގެ ފުރިހަމަ ފައިދާ މީހާއަށް ކުރާނީ މާނަވެސް އެނގިގެންނެވެ. ޢަމަލުވެސްކޮށްގެންނެވެ. 

ރަމަޟާން މަހު ފަހު 10 އަށް މިވަނީ އެޅިފައެވެ. ވީމާ ޤުރްއާން ކިޔެވުން ގިނަކުރާށެވެ! އަދި ވީވަރަކުން މާނަވެސް ކިޔާށެވެ! ހަނދާންކުރާށެވެ! އިޚްލާޞްތެރިކަމާއިއެކު ކިޔަވާ އެންމެ އަކުރަކީވެސް އަޅުކަމެކެވެ. 

- ޝައިޚް ޢާޞިމް އަލްޙަކީމް

މިއަދު އޮންލައިން