ވިސްނައިލާށެވެ! ތިބާގެ ގެ ކިތަންމެ އުސްވެފަ ރީތި ނަމަވެސް ސުވަރުގެއާ ދުރުނަމަ ބޮޑު ރަޙްމަތުގަ ވަނީ ފުޅިބައްތި ދިއްލާ ގޭގެ މީހުން ނޫންތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 53ސ
ވިސްނައިލާށެވެ! ތިބާގެ ގެ ކިތަންމެ އުސްވެފަ ރީތި ނަމަވެސް ސުވަރުގެއާ ދުރުނަމަ ބޮޑު ރަޙްމަތުގަ ވަނީ ފުޅިބައްތި ދިއްލާ ގޭގެ މީހުން ނޫންތޯ؟

ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހު މީސްތަކުންނަށް ދަރުސްދޭއިރު މިފަދަ މިޘާލުތައް ދައްކަން މަސައްކަތް ކުރަމެވެ. ރަޟާން މަހުގަ ކަމަށް މިބުނަނީ ރަމަޟާން މަހަކީ ކީރިތި ޤުރްއާނުގެ މައްސަރުކަމަށްވުމުންނެވެ.

ތިބާގެ ގެއަކީ އެންމެ ޒަމާނީ ފެންވަރަށް ހަދާފައިވާ ގެއެކެވެ. 10، 12 ބުރިއަށް ހަދާފައިވާ ގެއެވެ! އެކި ސައިޒުން ބޮކިތައް ލައި އަލިކުރެވިފައިވާ ގެއެކެވެ. ނަމަވެސް ތިބާގެ ގެއަކު ކީރިތި ޤްރްއާނުން އެންމެ އަކުރެއްވެސް ނުކިޔަވައެވެ.

އަވަށްޓެރިޔާގެ ގޭގައި އެންމެ ކުޑަމިނުން ކަރަންޓެއްވެސް ނެތެވެ. ބޭނުން ކުރަނީ ފުޅިބައްތިއެވެ. ނަމަވެސް އެގޭގެ އެންމެންވެސް ކީރިތި ޤްރްއާން ކިޔަވައެވެ. ޤުރްއާނުގެ އަޑުން މުޅި ގެ ގުގުމުވާލައެވެ!

އެހާލުގައިވެސް ކީރިތި ޤްރްއާން ކިޔަވާ މީހާއަށް ﷲ ތަޢާލާ ދެއްވަވާނެ ޘަވާބު ހިތަށް ގެންނާށެވެ! އެގެއަށް ވަދެވަޑައިގަންނަވާނެ ރަޙްމަތުގެ މަލާއިކަތުންގެ ޢަދަދަށާއި ލައްވަވާނެ ބަރަކާތް ހިތަށް ގެންނާށެވެ!

އެކަންކަން މިދުނިޔޭގައ އިޙްޞާޞް ނުކުރެވިދާނެއެވެ. ނަމަވެސް ޤިޔާމަތް ދުވަހު ދައްކަވާނެތެވެ! އިން ޝާ ﷲ

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން