ރޯދަހިފާ ކޮންމެ މީހަކަށްވެސް އެނގޭނެފަދައިން ކޮންމެ މީހަކަށްވެސް ރޯދައެއް ހފެނީ ވަރަށް ބުރަ މަސައްކަތުންނެވެ. ރޯދަ ނުހިފާ މީހަކަށް އެކަންކަން އިޙްޞާޞް ނުކުރެވިދާނެއެވެ. ކޮންމެއަކަސް އެތައް ބައިވަރު ޤުރްބާނީތަކެއް ވެގެން ރޯދަހިފަމުން އަންނައިރު އަހުރެންގެ ސުވާލަކީ ތިބާ ތިއަ ހިފާ ރޯދަ ﷲ ތަޢާލާއަށް ގެންދެވޭނެ ހެއްޔެވެ؟
ހިފާ ރޯދަވެސް ﷲ ތަޢާލާގެ ޙަޟްރަތަށް ގެންދެވުމަކީ އެއިން ބައެއް އުނިނުވެ ގެންދެވުމެވެ. ރޯދައަށް ހުރެ ރޯދައަށް ގެއްލުންވާނެ ޢަމަލުތައް ކުރާނަމަ އެދަނީ އުނިވެގެންނެވެ. އުނިވަމުންގޮސް ހުސްވެއްޖެނަމަ އެއިން ކުރާނެ ފައިދާއެއް ނުއޮންނާނެއެވެ.
ހަމައެއާއިއެކު އަބަދުވެސް އެންމެ ބޮޑަށް ސަމާލުކަންދޭންޖެހޭނެ އެއްކަމަކީ ކުރާ ކޮންމެ އަޅުކަމެއްވެސް ﷲ ތަޢާލާގެ ޙަޟްރަތަށް އެންމެ ފުރިހަމަ ގޮތުގައި ގެންދިއުމެވެ. އެއިރުން އެ ޢަމަލުތަކަށް ﷲ ތަޢާލާ ޘަވާބު އިތުރުކުރައްވަވައި ދެއްވަވާނެތެވެ. އަދި ކުރެވިފައިވާ ފާފަތަކަށް ޢަފޫވެސް ކޮށްދެއްވަވާނެތެވެ! ޝަރީކުކުރުން ފިޔަވައެވެ.
ހިފާ ރޯދައިގެ ޘަވާބު ބޭނުންނަމަ ޢަމަލުކުރަން ޖެހޭ ކަންކަން އަބަދުވެސް މިގެންދަނީ ކިޔައިދެމުންނެވެ! ދޫ ރައްކައުތެރިކުރުމާއި ރުޅި އިސް ނުކުރުމާއި އެހެން މީހުންނަށް ހެޔޮކޮށް ހިތުމުގެ މުހިންމުކަމުގެ ވާހަކަ މިގެންދަނީ ކިޔައިދެމުންނެވެ. ޢަމަލުކޮށް ފުރިހަމަގޮތުގައި ރޯދަހިފުން އޮތީ ތިބާއަށެވެ!
--މުފްތީ މެންކްގެ ދަރުސަކުން