ބައިވެރިއަކު ހޯދުމުގަ ދަރިން ނުބައިމަގު އިޚްތިޔާރުކުރުމުން ސަލާމަތްކުރަން އެދޭނަމަ ދަރިން ބޭނުންވާ ވާހަކައެއް ބުނެވޭނެ ބައަކަށް މައިންބަފައިން ވާންޖެހޭނެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 46ސ
ބައިވެރިއަކު ހޯދުމުގަ ދަރިން ނުބައިމަގު އިޚްތިޔާރުކުރުމުން ސަލާމަތްކުރަން އެދޭނަމަ ދަރިން ބޭނުންވާ ވާހަކައެއް ބުނެވޭނެ ބައަކަށް މައިންބަފައިން ވާންޖެހޭނެ!: މުފްތީ މެންކް

ދަރިންނަށް ހެޔޮކޮށް ހިތުމަކީ އެމީހުން އެދޭހައި ކަމެއް ކޮށްދިނުމެއްވެސް ނޫނެވެ. ދަރިންނަށް އެންމެ މުހިންމުވާނީވެސް އެކުދިން ބޭނުންހައި ކަމެއް ފުދުމެއް ނޫނެވެ. ހުރިހާ ގޮތަކުން ބެލި ނަމަވެސް ދަރިންނަށް އެންމެ މުހިންމުވާނީ އެކުދިންގެ މައިންބަފައިންނާއި ވީހާގިނައިން ވާހަކަދެކެވި މަޝްވަރާކުރެވުމެވެ.

މިފަދަ ތަހުޒީބީ، މީސްތަކުން ހޭލުންތެރި ޒަމާނުގައިވެސް އަހަރެމެންގެ ތެރެއިން ގިނަ ބެލެނިވެރިންގެ އަދިވެސް އޮތް ޘަޤާފަތަކީ ދަރިން ކުށެއް ކުރުމުން ނޫނީ ދަރިންނާއި ވާހަކަ ނުދެއްކުމެވެ. މަޝްވަރާ ނުކުރުމެވެ. ހަމަޖެހިލައިގެންތިބެ ދަރިންގެ ވާހަކަތައް އަޑު ނުއެހުމެވެ.

ދަރިންނަށް އެމީހުންގެ ބައިވެރިޔާ އިޚްތިޔާރުކުރުމުގައިވެސް އެންމެ ބޮޑު މައްސަލައަކަށްވެފައި އޮންނަނީވެސް މިބުނި މައްސަލައެވެ. އެކުދިން ޝައުޤުވެރިވާ މީހަކު ފެނުނު ނަމަވެސް އަދި ހުށަހެޅުމެއް ލިބުނު ނަމަވެސް މައިންބަފައިންނާއި މަޝްވަރާކޮށްލަން ފުރުޞަތެއް ނުލިބެއެވެ.

ނަތީޖާއަކަށްވަނީ އަނެކާ ޢާއިމެދު އޮޅުންފިލުވަން ޖެހޭ ކަންކަން އޮޅުން ނުފިލުވައި ކުރިއަށްދެވޭކަމެވެ. ދެމީހުންނަށް ވަކިނުވެވޭ ހާލަތަށް ގުޅުން ބަދަހިކުރެވޭ ކަމެވެ. ހިތް އަނެކާއަށްދީ ނިންމައިލެވޭކަމެވެ.

ވާންހުރި ހުރިހާ ކަމެއްވެ ނިމޭފަހުން މައިންބަފައިން އެކަމުގެ ތެރެއަށް ވަންނަން މަސައްކަތްކުރިނަމަވެސް އޮންނަނީ އެ ފުރުޞަތު ނުލިބިފައެވެ. ދަރިފުޅު އިޚްތިޔާރުކުރި ބައިވެރިޔާއަކީ ރަނގަޅު މީހެއް ކަމަސް ނުވެގެން ހުއްޓާލަން ބުނި ނަމަވެސް އެކަން އޮންނަނީ ދަރިންނަށް ނުކުރެވިފައެވެ.

ވީމާ މިތަނުގައި މިތިބަ ހުރިހާ ބެލެނިވެރިންނަށް ވެސް ދޭން އޮތް ނަޞޭޙަތަކީ ހުރިހާ އުމުރެއްގައިވެސް ދަރިންނާއިއެކު ވަގުތު ހޭދަކުރާށެވެ! ވާހަކަދައްކާށެވެ! ދަރިންކުރަން ބޭނުންވާ ކޮންމެ ކަމެއްވެސް ބިރެއް ނެތި ބުނެވޭނެ ފަދަ ގުޅުމެއް ދަރިންނާއި އަބަދުވެސް ބާއްވާށެވެ! އެަންކަން ނުކުރެވުމުގެ ސަބަބުން ދަރިންނަށް ކުރެވޭ ނުރަނގަޅު ކަންތައްތަކުގެ ޒިންމާ އުފުލަންޖެހޭނީ ހަމަ ތިއަ މައިންބަފައިންނެވެ.

ދަރިންނާއި ބާއްވަންޖެހޭ ގުޅުން ބޭއްވޭނަމަ ޝައުޤުވެރިވާ މީހަކު ފެނުމުން ނުވަތަ އެފަދަ ހުށަހެޅުމެއް ލިބުމުން އެކަމުގެ ވާހަކަ މައިންބަފައިންނާއި ހިއްޞާކުރާނެއެވެ. އެއިރުން ކުރިން ބުނި ހިސާބަށް ކަންކަން ނުދަނީސް ކަންކަން ޙައްލުކުރެވޭނެއެވެ. އިން ޝާ ﷲ

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން