ލައިލަތުލްޤަދްރިވިލޭރޭ ﷲ ތަޢާލާ ސިއްރުކުރައްވަވާފައިވަނިކޮށް އެއްރެއިން އެރޭ ލިބިގަންނަން އުޅުމަކީ މީހާ ފޭލްވެދާނެ ބިރުހުރި ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 22ސ
ލައިލަތުލްޤަދްރިވިލޭރޭ ﷲ ތަޢާލާ ސިއްރުކުރައްވަވާފައިވަނިކޮށް އެއްރެއިން އެރޭ ލިބިގަންނަން އުޅުމަކީ މީހާ ފޭލްވެދާނެ ބިރުހުރި ކަމެއް!

އިސްލާމް ދީނުގައި އެއްވެސް މީހަކަށް އެއްވެސް މީހަކަށް އެއްވެސް ބުރަކަމެއް ނުވެއެވެ. އޮތީ އެމީހަކަށް ވެވުނު އެންމެ ބޮޑަށް ހީވާގިވެ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދަން މަސައްކަތްކުރުމެވެ. ސުވަރުގެ ލިބިގަތުމަށާއި ސުވަރުގޭގެ އެންމެ މަތީ ދަރަޖަތައް ހޯދަން ގަދައަޅައި މަސައްކަތްކުރުމެވެ.

އަހަރެމެންގެ ތެރެއިން ގިނަ ބައަކު ބޭނުވެގެން އުޅެނީ ލައިލަތުލްޤަދްރިވިލޭރެއަކީ ކޮން ރެއެއްކަން އެނގުމަށެވެ. އެއީ އެއްރެއިން ހުރިހާ މޮޅެއް ލިބިގަންނަން ބޭނުންވާ މީހުންނެވެ. އެއީ އެންމެ ރެއެއްގެ މަސައްކަތުން ސުވަރުގެ ވަންނަން ބޭނުންވާ މީހުންނެވެ.

މިބުނާ ވާހަކައަކީ ވައިލަތުލްޤަދްރިވިލޭރެއަކީ ކޮން ރެއެއްކަން ހޯދަން ބޭނުންވާ މީހުންނަކީ އެންމެ ރެއަކު އަޅުކަންކޮށްފައި ނިންމާލަން ބޭނުންވާ މީހުންކަމެވެ. އެއީ އެކަން ކުރަން އޮތް ގޮތެއް ނޫނެވެ. އެ ރޭ ސިއްރުކުރެއްވެވުމުގެ ޙިކުމަތްފުޅަކީ ގިނަ ރޭ ތަކެއްގައި މަސައްކަތްކޮށް އެ ރޭ ޙާޞިލުކުރުމެވެ.

ރަސޫލް ﷺ ގެ ޙަދީޘްފުޅަށް ބަލާށެވެ! އޮތީ ލައިލަތުލްޤަދްރި ވިލޭރޭ ހޯދައިގެން އެރޭ އަޅުކަންކުރުމެއް ނޫނެވެ. ލައިލަތުލްޤަދްރިވިލޭރޭގެ ޘަވާބާ ދަރުމަ ލިބިގަންނަން ފަހުދިހައިގައި ޚާއްޞަކޮށް އޮނަހިރި ރޭތަކުގައި އިތުރަށް ގަދައަޅައި މަސައްކަތްކުރުމަށެވެ.

އެއީ ކޮން ރެއެއްކަން ހޯދޭނީވެސް ކިހިނަކުންހެއްޔެވެ؟ ބައެއް ޢިލްމުވެރިން ބަޔާންކުރައްވާ ގޮތުގައި މިދިއަ އަހަރުގެ އެރެއަކީ 25 ވިލޭރޭ ކަމަށްވެފައި މިއަހަރު 23 ކަމަށްވެސް ވެދާނެއެވެ. ނުވަތަ 27، 29 ކަމުގައިވެސް ވެދާނެއެވެ.

މިހާރު މިވަނީ މިއަހަރުގެ ރަމަޟާންމަހުގެ ފަހު ދިހަ ފެށިފައެވެ. މިރެއަކީ 25 ވިލޭރެއެވެ. ދެން ބާކީ އޮންނާނީ 5 ވަރަކަށް ރެއެވެ. ކުރަން އޮތް ކަމަކީ ހަމަ އިތުރަށް ހީވާގިވެލުމެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން