ރޯދައިގެ ޘަވާބަށް އެދޭއިރު ތިބާ ތެދުވެރިވާންޖެހޭ މީހުންނަށް ތެދުވެރިހެއްޔެވެ؟ ތެދުވެރި ނުވެ ހިފޭނެ ރޯދައެއް ނެތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 35ސ
ރޯދައިގެ ޘަވާބަށް އެދޭއިރު ތިބާ ތެދުވެރިވާންޖެހޭ މީހުންނަށް ތެދުވެރިހެއްޔެވެ؟ ތެދުވެރި ނުވެ ހިފޭނެ ރޯދައެއް ނެތް!

ރޯދަ ހިފުން މިކިޔަނީ ނިޔަތްގަތުމާއިއެކު ފަޖުރުލީންސުރެ އިރު އޮއްސިއްޖައުމަށް ދާންދެން ރޯދަގެއްލޭ އެންމެހައި ކަންކަމުން ދުރުހެލިވުމަށެވެ. ވީމާ ރޯދަ ގެއްލޭ ކަންތައްތަކުގެ ލިސްޓްގައި "ތެދުވެރިވުން" މިލަފުޒު ލިޔެވިފައި ނެތިދާނެއެވެ!

އެއީ ހަމަ ލިސްޓުގައި ނަމާދުނުކުރުންވެސް ނުއޮންނަފަދައިންނެވެ. ނަމާދުނުކުރާ މީހާ ހިފަންޖެހޭ އެއްވެސް ރޯދައެއް ނެތެވެ. ވީމާ ނަމާދުނުކޮށް ހުންނަ މީހާއަށް ހިފޭނެ ރޯދައެއްވެސް ނެތެވެ. ޤަބޫލުކުރަން މިޖެހޭ ކަމަކީ ހިފާ ރޯދަ، ރޯދައަކަށްވާނީ ﷲ ތަޢާލާގެ މަގުގައި ފިސާރި ރަނގަޅަށް ސާބިތުވެހުރެ ރޯދހިފުމުން ކަމެވެ.

"މިމައްސަރުގައި ﷲ سُبحَانَهُ وَتَعَالى އަޅުގަނޑުމެންނާ މިންވަރު ކޮށްދެއްވާފައިވާ މަތިވެރި ދަރުމައާއި، ޘަވާބު، ދިންނެވުމާއި ފުއްސެވުން ޙައްޤުވާ ބައަކުކަމުގައި ވޭތޯ އަޅުގަނޑުމެންގެ ނަފްސް ތަކަށް ތެދުވެރިވާންވާނެއެވެ! އަމިއްލަ ނަފްސްތަކަށް ތެދުވެރިވުމުގެ މާނައިގައި އެހެން އެންމެންނަށް ތެދުވެރިވުންވެސް ހިމެނެއެވެ. އަމާނާތްތެރި ވާންވާނެއެވެ!"

"އަދިވެސް ވަޤުތު ފާއިތެއް ނުވއެވެ. އުންމީދު ކަނޑައިނުލާށެވެ! ހަމަ ޔަޤީނުންވެސް ﷲ سُبحَانَهُ وَتَعَالى މިމައްސަރުގައި މި މިންވަރު ކޮށްދެއްވާފައިވާ މަތިވެރިވެގެންވާ ދަރުމައާއި، ޘަވާބު އަޅުގަނޑުމެންގެ ތެރެއިން ހަމަ ކޮންމެމީހަކަށްވެސް މިންވަރުކޮށްދެއްވެވުން އެދިގެން މަސައްކަތްކުރަމާ ހިނގާށެވެ! އަދި އީމާންތެރިކަމާއިއެކު މިމައްސަރުގެ ފުރިހަމަ ދަރުމައާއި ޘަވާބަށް އެދި އަޅުގަނޑުމެން މި ރޯދައާއި، އަދި އެނޫންވެސް އަޅުކަންތައްތައް އަދާކޮށްފިކަމުގައިވާނަމަ ﷲ سُبحَانَهُ وَتَعَالى އަޅުގަނޑުމެންނަކީވެސް އެފަދަ ބައެއްކަމުގައި ލައްވާނެތެވެ! އިން ޝާ ﷲ"

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން