އެންމެ ކާމިޔާބު، އެންމެ އުފަލުގަ ހުރެވޭނެ މީހާކަމުގަ ވުމަށްއެދި މިފަދައިން ދުޢާކުރައްވާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 38ސ
އެންމެ ކާމިޔާބު، އެންމެ އުފަލުގަ ހުރެވޭނެ މީހާކަމުގަ ވުމަށްއެދި މިފަދައިން ދުޢާކުރައްވާ!

ދުނިޔޭގައި އެންމެ ކާމިޔާބު މީހުންނަކީވެސް އަދި އެންމެ އުފަލުގައި ދިރިއުޅޭ މީހަކަށް ވެވޭނެ އޮތީ ހަމަ އެންމެ ގޮތެކެވެ. އެއީ ﷲ ތަޢާލާގެ މިންވަރުފުޅަށް ރުހުމެވެ. މިޘާލަކަށް ތިބާ ނުރުހުނީއެވެ. އެކަމުގެ ސަބަބުން ތިބާގެ ހިތްދަތިވެ ތެޅިފޮޅިނިއްޔާ ވާނީ ކޮންކަމެއް ހެއްޔެވެ؟ މަދުވެގެން ތިއައުޅޭ އެއްޗެއް އިތުރުވާނީ ހަމަ ﷲ ތަޢާލާ އިތުރުކުރައްވަވައި ދެއްވެވިއްޔާ ނޫންހެއްޔެވެ؟ ޙާޞިލްނުކުރެވިގެންތިއައުޅޭ ކަމެއް ޙާޞިލްކުރެވޭނީވެސް ހަމަ ﷲ ތަޢާލާ މިންވަރުކޮށްދެއްވެވުމުން ނޫންހެއްޔެވެ؟  

ވީމާ އަބަދުވެސް ފުދިގެން އުފަލުގައި ހުރުމަށް އެދޭނަމަ މިފަދަ ދުޢާ ކުރައްވަމުން ގެންދަވާށެވެ!  

"اَللَّهُمَّ! رَضِّنِي بِقَضَائِكَ، وَبَارِكْ لِيْ فِيْمَا قُدِّرَ لِيْ، حَتَّى لَا أُحِبَّ تَعْجِيْلَ مَا أخَّرتَ وَلَا تَأْخِيْرَ مَا عَجَّلْتَ"  

މާނައީ: "އޭ އަޅުގެ ވެރި ﷲ! އިބަރަސްކަލާނގެ މިންވަރުފުޅަށް ރުހޭ މީހަކު ކަމުގައި މިއަޅާ ލައްވާނދޭވެ! އަދި މިއަޅާއަށް މިންވަރު ކުރެއްވުނު އެއްޗެއްގައި މިއަޅާއަށް ބަރަކާތް ލައްވާނދޭވެ! އިބަރަސްކަލާނގެ ފަސްކުރެއްވި އެއްޗެއް އަވަސްވުމަށް، އަދި އަވަސްކުރެއްވި އެއްޗެއް ފަސްވުމަށް މިއަޅާ ލޯބިނުވުމަށް ދާންދެނެވެ!

 

 

މިއަދު އޮންލައިން