މިބާވަތުގެ އެކުވެރިން ތިބިނަމަ ހިއްޞާކުރައްވައި އިރުއޮއްސޭތަނުން ލައިލަތުލްޤަދްރިވިލޭރޭގެ ޘަވާބާއި ދަރުމައިން މަޙްރޫމްވާ މީހަކުކަމުގައިވެ ފުރުޞަތު ގެއްލުމުން ސަލާމަތްކުރައްވާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 14ސ
މިބާވަތުގެ އެކުވެރިން ތިބިނަމަ ހިއްޞާކުރައްވައި އިރުއޮއްސޭތަނުން ލައިލަތުލްޤަދްރިވިލޭރޭގެ ޘަވާބާއި ދަރުމައިން މަޙްރޫމްވާ މީހަކުކަމުގައިވެ ފުރުޞަތު ގެއްލުމުން ސަލާމަތްކުރައްވާ!

އަހުރެމެންގެ ތެރެއިން ބައެއް މީހުން ރޯދަވީއްލާ ވަޤުތުގައިވެސް އަނބިން، މައިންބަފައިން، ގެންގުޅޭ ނޯކަރުންފަދަ މީސްމީހުންނަށް ނުވަތަ އެހެންވެސް ކޮންމެވެސް މީހަކަށް ނުރުހި ނުބައި ބަސްތައް ބުނެއެވެ. 

މީސްތަކުންނޭވެ! އެއިރުން އެރޭ އެފެށުނީ ހެޔޮގޮތުގައެއް ނޫނެވެ. އެންމެ ނުބައި ގޮތުގައެވެ. ﷲ ތަޢާލާ އެންމެ ބޮޑަށް ރުހިވޮޑިނުގަންނަވާ އެއް ޢަމަލުކުރުންމަތީގައެވެ. މިއީ އަހުރެމެން ވަރަށް ބޮޑަށް ވިސްނައި ފިކުރުކުރަންޖެހޭނެ ކަމެކެވެ. ސަމާލުކަންދޭންޖެހޭނެއެވެ. ﷲ ތައާލާ ރުހިވޮޑިނުގަންނަވާ އަޅަކަށް ލައިލަތުލްޤަދްރި ވީލޭރޭގެ ޘަވާބާއި ދަރުމަ ލިބޭނީ ކިހިނަކުންހެއްޔެވެ؟ 

މީސްތަކުންނޭވެ! އަދިވެސް ވިސްނާށެވެ. ރޭ ފަށަން އޮތީ ޢިޝާ ނަމާދާއި ތަރާވީޙް ނަމާދަކުން ނޫނެވެ. ރޭފަށަން ފުރަތަމަވެސް ކުރަންއޮތީ މަޣްރިބް ނަމާދުގެ އިހުސުންނަތެވެ. މަޣްރިބްނަމާދެވެ. މަޣްރިބް ނަމާދު ނިންމައި ޛިކުރުކޮށް ދިޢާކުރުމަށްފަހު ދެން އޮތީ ފަހު ސިންނަތް ކުރުމެވެ. 

މަޣްރިބް ނަމާދާއި ސުންނަތް ކުރުމަށްފަހު ޢިޝާ ނަމާދާއި ދެމެދު ލިބޭ ވަޤުތުކޮޅުގައި ގިނައިން ކައިބޮއިނުހަދާށެވެ. ކިރިޔާ ފުދޭ މިންވަރަކަށް ކައިބޮއިހަދާށެވެ. ޢިޝާ ނަމާދާއި ދެމެދުގައިވެސް ވީހާގިނައިން ޤުރްއާންކިޔަވަން މަސައްކަތްކުރާށެވެ! 

ތަރާވީޙް ނިންމައި ދެން އެމީހަކު ބޭނުންވާ ވަރަކަށް ކައިބޮއިހަދާށެވެ! އެކަމަކު ހަނދާންކުރާށެވެ! ގިނައިން ކެއުމަކީ ދަމުނަމާދަށް ނުހޭލެވިދާނެ ކަމެކެވެ. ވީމާ މުހިންމީ ލުއިކޮށް ކައިގެން އިރުކޮޅަކު އަރާމުކޮށްލާފައި ތެދުވެ ދަމުނަމާދުކޮށް ޛިކުރުކުރުންމަތީގައި އިނުމަށްފަހު ފަތިސްނަމާދު ކުރުމެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން