މިއީ ހާދަ މަތިވެރި އަޅުކަމެކެވެ! ތިމާއަށް ޙާފިޡަކަށް ވާން ކުރަންޖެހޭ މަސައްކަތް ނުކުރެވޭނަމަ އެހެން މީހަކަށް އުނގަންނައިދޭން މަސައްކަތްކުރާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 56ސ
މިއީ ހާދަ މަތިވެރި އަޅުކަމެކެވެ! ތިމާއަށް ޙާފިޡަކަށް ވާން ކުރަންޖެހޭ މަސައްކަތް ނުކުރެވޭނަމަ އެހެން މީހަކަށް އުނގަންނައިދޭން މަސައްކަތްކުރާށެވެ!

ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«مَثَلُ الَّذِي يَقْرَأُ القُرْآنَ، وَهُوَ حَافِظٌ لَهُ مَعَ السَّفَرَةِ الكِرَامِ البَرَرَةِ، وَمَثَلُ الَّذِي يَقْرَأُ، وَهُوَ يَتَعَاهَدُهُ، وَهُوَ عَلَيْهِ شَدِيدٌ فَلَهُ أَجْرَانِ» [رواه البخاري]    

މާނައީ: "ޤުރްއާން ހިތުދަސް ޙާލު ރިވެތިކޮށް ތަރުތީލުކޮށް ކިޔަވާމީހާވާނީ ކިޔަމަންތެރި މާތްވެގެންވާ މަލާއިކަތުންނާއެކުގައެވެ. އަދި ދަތިއުނދަގުލާއެކު ހަނދާންނެތިދާނެތީ ތަކުރާރުކޮށް އެ ކިޔަވާ މީހާއަށް، ދެދަރުމަވެއެވެ." [ރިވާކުރެއްވީ އިމާމް ބުޚާރީ رحمه الله] 

ބައެއް މުޖުތަމައުތަކުގައި ކީރިތި ޤުރްއާން ހިތުދަސް ޙާފިޡުންގެ އަގު ވަޒަންކުރާކަމަށް ބުނެވޭކަށް ނެތެވެ. ނަމަވެސް ޙަދީޘްފުޅުން އެނގިގެން މިދަނީ ﷲ ތަޢާލާގެ ޙަޟްރަތުގައި ޙާފިޡުންނަށް ހުރި މަތިވެރި ދަރަޖައެވެ. 

ތިމާއަށް ޙާފިޡަކަށް ވާން ކުރަންޖެހޭ މަސައްކަތްނުކުރެވޭނަމަ އެހެން މީހަކަށް އުނގަންނައިދޭން މަސައްކަތްކުރާށެވެ! އަދި އެކަމުގެ ޘަވާބާއި ދަރުމައަށް އެދޭށެވެ! 

ހަމައެއާއިއެކު " ދަތިއުނދަގުލާއެކު ހަނދާންނެތިދާނެތީ ތަކުރާރުކޮށް އެ ކިޔަވާ މީހާއަށް، ދެދަރުމަ" ހުރިކަންވެސް ޙަދީޘްފުޅުން އެނގިގެންދެއެވެ. ވީމާ ކިތަންމެ ދަތިޙާލުގައިނަމަވެސް ކިޔަވަން މަސައްކަތްކުރާށެވެ. މަގުފަހިކުރައްވަވައި ދެއްވަވާނެތެވެ! އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން