ޤަޟާކުރަންޖެހޭ ރޯދައާ ޝައްވާލުމަހު ހިފާ ހަ ރޯދަ އެއް ދުވަހެއްގައި ހިފިދާނެތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 43ސ
ޤަޟާކުރަންޖެހޭ ރޯދައާ ޝައްވާލުމަހު ހިފާ ހަ ރޯދަ އެއް ދުވަހެއްގައި ހިފިދާނެތަ؟

ބަރަކާތްތެރި ރަމަޟާން މަސް ނިމެނީއެވެ. ހަ ރޯދަހިފަން ފަށަން ތައްޔާރުވަނީ އެވެ. މިފަދަ ސުވާލުތައް ހުންނާނެއެވެ. 

ރަމަޟާން މަހުން ޤަޟާކުރަން ޖެހިފައިވާ ރޯދަތަކެއްވާ އަންހެނަކު، އަދި ފިރިހެނަކުނަމަވެސް ޝައްވާލު މަހުގެ ހަ ރޯދަ ހިފާއިރު ޤަޟާ ކުރުމާއި ޝައްވާލު މަހުގެ ހަ ރޯދައިގެ އަޖުރު ލިބުން އެދި އެކުއެކީ ނިޔަތް ގަނެ ރޯދަ ހިފިދާނެ ހެއްޔެވެ؟ ނުވަތަ ފުރަތަމަ ޤަޟާކުރަން ޖެހިފައިވާ ރޯދަތައް ހިފުމަށްފަހު، ދެން ޝައްވާލު މަހުގެ ހަ ރޯދަ ހިފާނީ ހެއްޔެވެ؟ 

މިސުވާލުގެ ޖަވާބުގައި ސަމާޙަތުއްޝައިޚް ޢަބްދުލްޢަޒީޒު ބުން ބާޒު رحمه الله ވިދާޅުވެފައިވަނީ މިފަދައިންނެވެ.  

"ޤަޟާ ކުރަން ޖެހިފައިވާ ރޯދައިން ފަށާށެވެ. ދެން އޭނާ އެދޭނަމަ ޝައްވާލު މަހުގެ ހަ ރޯދަ ހިފާށެވެ. މި ހަ ރޯދައަކީ ސުންނަތެކެވެ. ފަހެ، އޭނާ ޤަޟާ ކުރަންޖެހޭ ރޯދަތައް ޝައްވާލު މަހު ޤަޟާ ކުރުމަށްފަހު، ދެން ޝައްވާލު މަހުގެ ހަ ރޯދަ ހިފައިފިނަމަ ދަންނައެވެ. އެއީ ވަރަށް ބޮޑު ހެޔޮ ކަމެކެވެ. 

ޝައްވާލު މަހު ހަ ރޯދައާއި (ރަމަޟާން މަހުގެ) ޤަޟާ ރޯދައާ އެކުއެކީ ނިޔަތްގަނެގެން (އެއްދުވަހެއްގައި) ހިފުމާމެދު ދަންނައެވެ. އެފަދައިން ހިފައިފިނަމަ ހަ ރޯދައިގެ އަޖުރު ލިބޭނެކަން އަޅުގަނޑުމެންނަށް އެނގިފައެއް ނެތެވެ. ފަހެ، ހަ ރޯދަ ހިފުމަށް ޚާއްޞަ ނިޔަތެއް ބޭނުންވެއެވެ. އަދި އެރޯދަތައް ހިފުންވަނީ ކަނޑައެޅިފައިވާ ޚާއްޞަ ދުވަސްވަރެއްގައެވެ." 

މަސަދަރު: ދިސަލަފިއްޔާ 

ބައެއް ޢިލްމުވެރިން ވިދާޅުވަނީ ޤަޟާކުރަންޖެހޭ ގިނަ ރޯދަތަކެއް ހުރެފައި އެރޯދަތައް ޤަޟާކުރުން ބުރަކަމަކަށްވަނީނަމަ ޝައްވާލުމަސް ފެށުމުން ފުރަތަމަ ސުންނަތް 6 ރޯދަ ހިފައި ޤަޟާކުރަންޖެހޭ ރޯދަތައް އަހަރުގެ ދުވަސްތަކަށް ބަހާލައިގެން ހިފުމުގައި މައްސަލައެއް ނެތްކަމަށެވެ. 

ހަމައެއާއިއެކު ޤަޟާ ރޯދަތައް ހިފައި ނުނިންމާނަމަ ހަރޯދަ ހިފަން ޝަރުޠުހަމަނުވާކަމަށްވެސް ބައެއް ޢިލްމުވެރިން ބަޔާންކުރައްވައެވެ. އެބޭކަލުންގެ ދަލީލަކީ "ރަމަޟާން މަހުގެ ރޯދަ ހިފައި އަދި ޝައްވާލުމަހުން 6 ރޯދަ ހިފަން އޮންނައިރު ޤަޟާކުރަންޖެހޭ ރޯދަހުރުމުން ރަމަޟާން މަހު ހިފަންޖެހޭ ރޯދަ ހިފައި ނުނިމޭކަމެވެ.

މިއަދު އޮންލައިން