ކުރިމަތިވި މުޞީބާތުން ސަލާމަތްކުރައްވަވައި އެއަށްވުރެ ރަނގަޅު ގޮތެއް މިންވަރުކޮށްދެއްވެވުން އެދި ކުރަން އޮތް ދުޢާ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 21ސ
ކުރިމަތިވި މުޞީބާތުން ސަލާމަތްކުރައްވަވައި އެއަށްވުރެ ރަނގަޅު ގޮތެއް މިންވަރުކޮށްދެއްވެވުން އެދި ކުރަން އޮތް ދުޢާ-

މިހާރަކަށް އައިސް ﷲ ތަޢާލާގެ ދީލަތިވަންތަކަންވެސް ގިނަބައަކަށް މިވަނީ ހަނދުމަނެތި ކޮށްލެވިފައެވެ. އެހެންކަމުން މުޞީބާތެއް ކުރިމަތިވުމުންވެސް ޢަމަލުކުރެވެނީ ސުންނަތުގައިވާ ފަދައަކުންނޫނެވެ. ޙަދީޘްފުޅު ކުރައްވަވާފައިވާ ގޮތަކަށް ނޫނެވެ. 

މުޞީބާތެއް ކުރިމަތިވުމުން ކުރަން އެންމެ ރަނގަޅު ދުޢާއެއް އޮޅުންފިލުވަން ގިނަބައަކު މަސައްކަތްކުރެއެވެ. އަދި ސުވާލުތައްވެސް ކުރެއެވެ. އެހެންވެ ބުނެލަމެވެ. މުޞީބާތުގެ ވަޤުތުގައި އެންމެ މުހިންމު ކަމަށްވާނީ އެމުޞީބާތަކުން ސަލާމަތްވެވި އަދި ކުރިއަށްވުރެ ރަނގަޅު ގޮތެއް މިންވަރުކުރެއްވެވުން ނޫންހެއްޔެވެ؟ 

އެކަމަށް ކުރަން އޮތް ދުޢާ ސުންނަތުން ފެންނަން މިއޮތީއެވެ. އެއަށްވުރެ ރަނގަޅު ދުޢާއެއް ހޯދޭނީ ކާކަށް، ކޮންގޮތަކުން ހެއްޔެވެ؟ 

މުޞީބާތެއް މެދުވެރިވާ ހިނދުގައި:

(إِنَّا لِلّهِ وَإِنَّا إِلَيْهِ رَاجِعُوْنَ اَللَّهُمَّ أَجِرْنِيْ فِيْ مُصِيْبَتِيْ وَأَخْلِفْ لِيْ خَيْراً مِّنْهَا)

މާނައަކީ: "ހަމަކަށަވަރުން އަހަރުމެންވަނީ ﷲ އަށެވެ. އަދި އަހަރުމެން އެނބުރިދިއުންވެސް ވަނީ ﷲ ގެ ޙަޟްރަތަށެވެ. ހައްދަވާގެންގުޅުއްވާ އިލާހެވެ. މިއަޅާ އަށް މެދުވެރިވި މުޞީބާތުން މިއަޅާ ސަލާމަތްކުރައްވާފާންދޭވެ. އަދި މިޔަށްވުރެ ހެޔޮ ރަގަޅު ކަމެއް މިއަޅާ އަށް ދެއްވާފާންދޭވެ"، 

عَنْ أُمِّ سَلَمَةَ رَضِيَ اللهُ عَنْهَا أَنَّهَا قَالَتْ: سَمِعْتُ رَسُوْلَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَقُوْلُ : "مَا مِنْ مُسْلِمٍ تُصِيْبُهُ مُصِيْبَةٌ فَيَقُوْلُ مَا أَمَرَهُ اللهُ : إِنَّا لِلّهِ وَإِنَّا إِلَيْهِ رَاجِعُوْنَ اَللَّهُمَّ أَجِرْنِيْ فِيْ مُصِيْبَتِيْ وَأَخْلِفْ لِيْ خَيْرًا مِّنْهَا إِلَّا أَخْلَفَ اللهُ لَهُ خَيْرًا مِّنْهَا" 

މާނައަކީ: އުންމު ސަލަމާ-ރަޟިޔަﷲ ޢަންހާ- ގެ ކިބައިންރިވާ ވެގެންވެއެވެ. ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘްކުރެއްވި އަޑު ތިމަން ކަމަނާ އެއްސެވީމެވެ.

"މުސްލިމަކަށް މުޞީބާތެއްމެދުވެރިވާ ހިނދުގައި "إِنَّا لِلّهِ وَإِنَّا إِلَيْهِ رَاجِعُوْنَ اَللَّهُمَّ أَجِرْنِيْ فِيْ مُصِيْبَتِيْ وَأَخْلِفْ لِيْ خَيْراً مِّنْهَا" މިފަދައިން ކިޔައިފި ނަމަ މާތް ﷲ އެއަށް ވުރެ ރަގަޅު ގޮތެއްއެމީހަކަށް މެދުވެރިކޮށްދެއްވަތެވެ." 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން