ހިތްދަތިވެ ތިމާއަކީ ބާކީވެފައިވާ މީހެއްކަމަށް ހަމައެކަކުވެސް ޤަބޫލުކޮށްގެން ނުވާނެ އެންމެ ފައުޅުކަންބޮޑު ސަބަބު-: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
ހިތްދަތިވެ ތިމާއަކީ ބާކީވެފައިވާ މީހެއްކަމަށް ހަމައެކަކުވެސް ޤަބޫލުކޮށްގެން ނުވާނެ އެންމެ ފައުޅުކަންބޮޑު ސަބަބު-: މުފްތީ މެންކް

ހިތްދަތިވާންޖެހޭ ޙާލަތެއް ކުރިމަތިވެއްޖެނަމަ ބައެއް މީހުންނަށް ހީކުރެވިފައި އޮންނަނީ ތިމާއަކީ އެއްވެސް ބޭނުމެއް ނެތް، ބާކީވެފައި ހުރި މީހެއްކަމަށެވެ. ދުނިޔޭގައި އުޅެން މަސައްކަތްކުރުމުގެ އެއްވެސް ބޭނުމެއް ނެތް މީހަކު ކަމަށެވެ. 

އެހެންވެ އަހުރެން ހަމަ އެންމެކަމެއް ފާހަގަކޮށްލައި ތިއަ ގެންގުޅެވޭ ވިސްނުމަކީ ދެކޮޅުޖެހޭ ވިސްނުމެއްކަން ޘާބިތުކޮށްދޭނަމެވެ. 

އިންސާނީ ދަރިފަސްކޮޅުގެ ބަފައިކަލުން ކަމުގައި ލެއްވެވި އާދަމްގެފާނުން ފެށިގެން މިހައިތަނަސް ބަލާށެވެ! އެތައް ހާސް ގޮތަކުން ތަފާތު ނޫން މީހަކު އެބަހުރި ހެއްޔެވެ؟ އަހުރެމެންނަށް ނުއެނގި ހިނގައިދާނެއެވެ. އެކަމަކު ޔަޤީންކަމާއިއެކު އެނގެން އޮތް ކަމެއް އެބައޮތް ނޫންހެއްޔެވެ؟ އެއީ އެއްވެސް ދެމީހެއްގެ އިނގިލީގެ ނިޝާން ދިމާނުވާކަމެވެ. 

ތިބާއަކީ އެހައިދެރަ ނިކަމެތި މީހަކު ކަމުގައިވާނަމަ ތިބާއަށްވެސް އެ ޚާއްޞަކަން ދެއްވަވާފައިވަނީ ކީއްވެގެންހެއްޔެވެ؟ ތިބާގެ އިނގިލީގެ ނިޝާން އެހެން ކޮންމެވެސް މީހަކާއި ދިމާވާންވީ ނޫން ހެއްޔެވެ؟ ދިމާ ނުވަނީ ހަމަ އެހެން މީހުން ފަދައިން ތިބާއަކީވެސް ﷲ ތަޢާލާގެ ޙަޟްރަތުގައި ޚާއްޞަވެގެންވާ މީހަކަށްވާތީއެވެ. 

ދެން އޮތީ ދަތިތަކާއި މުޞީބާތްތައް ކުރިމަތިވުމެވެ. އެކަންކަން ކުރިމަތިނުވަނީ ކާކަށް ހެއްޔެވެ؟ މުޅި ދުނިޔޭގައި ތިބި އެންމެންނަށްބެލި ނަމަވެސް އެކަންކަން ކުރިމަތިވެފައިނުވާ ހަމައެކަކުވެސް ނުހުންނާނެއެވެ. ތަފާތުވާނީ ކުރިމަތިކުރައްވަވާ ކަންކަމާއި ކުރިމަތިކުރައްވަވާ މިންވަރެވެ. 

- މުފްތީ މެންކުގެ ދަރުސަކުން 

 

 

މިއަދު އޮންލައިން