ހުރިހާ މައްސަލަތަކެއް ޙައްލުކުރައްވަވައިދެއްވެވުން އެދުމަށް މިއަށްވުރެ ފައިދާހުރި ދުވަސްތަކެއް ނެތެވެ! އެންމެ ޔަޤީން ދުވަސްތަކަކީވެސް މިއީއެވެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 50ސ
ހުރިހާ މައްސަލަތަކެއް ޙައްލުކުރައްވަވައިދެއްވެވުން އެދުމަށް މިއަށްވުރެ ފައިދާހުރި ދުވަސްތަކެއް ނެތެވެ! އެންމެ ޔަޤީން ދުވަސްތަކަކީވެސް މިއީއެވެ!: މުފްތީ މެންކް

ދުނިޔޭގެ ޙަޔާތުގައި ދަތިތައް ކުރިމަތިވެފައިވާ މީހުން އެމައްސަލަތަކަށް އަވަސް ހައްލަކަށް އެދޭނަމަވެސް މިއީ އެކަމަށް އޮތް ރަނުގެ ފުރުޞަތެވެ. އެހެނީ ރޯދަވެރިޔާގެ ދުޢާ ޢިޖާބަ ނުކުރައްވަވައި ދޫނުކުރައްވަވާނެތެވެ. އިޚްލާޞްތެރިކަމާއިއެކު ރޯދަ ހިފާށެވެ! ދުޢާކުރުން ގިނަކުރާށެވެ! ހުރިހާ ކަންކަންވެސް ޙައްލުކުރައްވަވައި ދެއްވަވާނެތެވެ! އިން ޝާ ﷲ

ދުޢާކުރުމަކީ މީހާ ހަމަޖެހިގެން ހުރެ ކުރަން އޮތްކަމަކަށް ނުހަދާށެވެ! އެއީ އެންމެ ދަތިޙާލަތުގައި، އެންމެ ގަދައަށް ވޭން އުފުލަމުން ކުރަން އޮތްކަމެކެވެ. ވީމާ ރޯދައަށް ހުންނައިރު ވީހައި ގިނައިން ދުޢާކުރަމުން ގެންދާށެވެ!

ﷲ ތަޢާލާގެ މަގަށް އެނބުރެން މިއަށްވުރެ ވަކިން ފައިދާހުރި ދުވަސްތަކެއް ނެތެވެ. ރަމަޟާންމަހުގެ ދުވަސްތަކަކީ ﷲ ތަޢާލާ އެންމެ ދީލަތިވަންތަކަމާއިއެކު ރަޙްމަތް ލައްވަވާ ދުވަސްތަކެވެ. ކުރިން އުޅެވެމުން އައިގޮތާއިމެދު ކަންބޮޑުނުވާށެވެ! ﷲ ތަޢާލާގެ މަގަށް އަވަހަށް އެނބުރޭށެވެ!

ﷲ ތަޢާލާގެ މަގުގައި ސާބިތުވެ ހުރެވޭނަމަ އެއޮތީ ތިބާގެ ބައި އަދާކުރެވިފައެވެ. ތބާގެ ބައި ފުރިހަމަކުރުމުން އެމީހަކު ނިކަމެތި ނުކުރައްވަވާނެތެވެ! އިން ޝާ ﷲ --މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން