މިއީ ލައިލަތުލްޤަދްރިވިލޭރޭ ޙާޞިލްކުރަން އެދޭނަމަ ކޮންމެހެންވެސް ވިސްނައިލަންޖެހޭނެ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
މިއީ ލައިލަތުލްޤަދްރިވިލޭރޭ ޙާޞިލްކުރަން އެދޭނަމަ ކޮންމެހެންވެސް ވިސްނައިލަންޖެހޭނެ ކަމެއް!

މީސްތަކުންނޭވެ! މި އަހަރުގެ ރަމަޟާންމަހުގެ އޮނަހިރި ރޭތައްވެސް ނިމިގެންދަނީއެވެ. ދެން އޮތީ ހަމަ އެންމެ 2 ރެއެވެ. އެއީ 27 ވިލޭރެއާއި 29 ވިލޭރެއެއެވެ. އެހެންކަމުން ވިސްނައިލުން ވަރަށް މުހިންމު ކުޑަކުޑަ އެހަނަސް ވަރަށް ބޮޑު ނުވަތަ އެންމެ ބޮޑު ކަންތައް ފާހަގަކޮށްލާނަމެވެ. 

މިޘާލެކެވެ! ﷲ ތަޢާލާ ތިބާއަށް ބައްލަވައިލައްވަވަނީއެވެ. ތިބާހުރީ ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާ ކޮންމެވެސް ކަމެއް ކުރާށެވެ! އެއީ މީހަކާއިދެބަސްވުން ފަދަ އަހަރެމެންނަށް އެކަމަކީ ދާދި ކުޑަކުޑަކަމެއް ކަމުގައިވެސް ވެދާނެއެވެ. އެފަދަ ގޮތަކަށް ކަންކަން މެދުވެރިވެއްޖެނަމަ ދެން ތިބާއާއިމެދު ކަންކަން ވެގެންދާނީ ކިހިނަކުން ހެއްޔެވެ؟ 

އެހެންކަމުން ބުނެލަން ބޭނުންވަނީ ލައިލަތުލްޤަދުރި ވިލޭރޭގެ މަތިވެރިކަން ޙާޞިލުކުރަން ބޭނުންވާނަމަ ކިތަންމެ ކުޑަނަމަވެސް ނުރަނގަޅު އެއްވެސް ކަމެއް ނުކުރާށެވެ! ވީހައި ގިނައިން ހެޔޮ ޢަމަލުތައްކުރާށެވެ! އޮޅުމަކުން ކަމެއް ކުރެވުނު ނަމަވެސް ތައުބާވުމަށް އަވަސްވެގަންނާށެވެ! 

ލައިލަތުލްޤަދްރިވިލޭރޭ ޙާޞިލްކުރެވުމަށްވުރެ ވަކިން ބޮޑު ނިޢްމަތެއް ހަމަ އެކަކަށްވެސް މުދިޔެއަކުން ނުލިބޭނެއެވެ. އެހެނީ އެރޭގެ ޘަވާބާއި ދަރުމަ ޙާޞިލުކުރެވިއްޖެނަމަ ލިބިގެން އެދަނީ ގިނަ ބައެއްގެ ޢުމުރު ދުވަހު އަޅުކަންކުރުމަށްވުރެ މާގިނަ ޘަވާބާއި ދަރުމަ ކަމުގައިވާތީއެވެ. ވީމާ އެއަސްވުރެ ބޮޑަށް ސަމާލުކަންދޭންވީ އެހެން އެއްވެސް ކަމެއް ނެތެއް ނޫންހެއްޔެވެ؟ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން