ނަމާދުކުރިޔަސް ކުރެވުނު ކަމާމެދު ހިތުގައި ޝައްކުއުފެދޭނަމަ އަދި އެހެން ކަންތައްތަކުގައިވެސް އެކަންކަން ކުރެވުނު ކަމާއިމެދު ޝައްކުއުފެދޭނަމަ ޙައްލުކުރަން ކުރެވިދާނެ ބައެއް ކަންކަމަކީ:
1. ތިޔަފަދަކަންތަކުން ދުރުހެލި ކޮށްދެއްވުން އެދި ދުޢާ ކުރުން.
2. އެފަދަ ޝައްކުތައް އަމިއްލަ އަށް ފިލުވައިލާ ޔަގީނުގެ މައްޗަށް ބުރަވެގަތުން.
3. " آمنت بالله ورسله " މިފަދައިން ކިޔުން. މީގެ މާނައަކީ " ތިމަން މިހުރީ ﷲ އަށާއި ރަސޫލާ އަށް އީމާންވެގެންނޭ".
4. ސޫރަތުލް ޙަދީދް ގެ 4 (ހަތަރު) ވަނަ އާޔަތް ކިޔެވުން.
( هو الأول والآخر والظاهر والباطن وهو بكل شيئ عليم).
މި އާޔަތުގެ މާނައަކީ: " އެކަލާނގެއީ ފެށުމެއްނެތި އިސްވެވޮޑިގެންވާ އިލާހެވެ. ނިމުމެއްނެތި ފަސްވެވޮޑިގެންވާ އިލާހުމެއެވެ. އަދި ހެކިތަކުން ފައުޅުވެވޮޑިގެންވާ އިލާހުމެއެވެ. ޙިއްސުތަކަށް ވަންހަނާވޮޑިގެންވާ އިލާހުމެއެވެ. އަދި އެކަލާނގެއީ، ކޮންމެ ކަމެއްމެ ދެނެވޮޑިގެންވާ އިލާހެވެެ". واللهأعلم
-ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް