ކައިވެނީގެ ރަންކިޔުމާ ބެހޭގޮތުން އެނގުން މުހިންމު ބައެއް މަޢުލޫމާތު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 13ސ
ކައިވެނީގެ ރަންކިޔުމާ ބެހޭގޮތުން އެނގުން މުހިންމު ބައެއް މަޢުލޫމާތު-

ކައިވެނީގެ ރަނަކީ ދޭންޖެހޭ އެއްޗެކެވެ. އަދި ދޭންވާނީވެސް ހިތުން ރުހުމުން އުފަލާއިއެކުގައެވެ. 

"އަންހެނުންނަށް އެކަނބަލުންގެ ރަން، ތިޔަބައިމީހުން ހިތުންރުހުމުންދޭ ދިނުމެއްގެ ގޮތުގައި ދޭށެވެ! އޭގެތެރެއިން އެއްޗެއް އެކަނބަލުން ހިތުންރުހުމުން ތިއަބައިމީހުންނަށް އަނބުރާ ދީފިނަމަ، ޙަލާލް ރަނގަޅު އެއްޗެއްގެ ގޮތުގައި، ތިޔަބައިމީހުން އޭގެ ބޭނުންކުރާށެވެ"!

(އައްނިސާ: 4) 

ބައެއް މީހުން ކައިވެނީގެ ރަން ބޮޑުކުރެއެވެ. އަދި އަދާކުރެވެން ނުއޮންނަ ޙާލަތުގައި ދަރަންޏަކަށް ހަދައި ފަހުން ހޯދަން މަސައްކަތްކުރެއެވެ. އަހުރެން ބުނާނީ އެގޮތަށް އެކަން ނުކުރާށެވެ! ކައިވެނިކުރުމަކީ ބުރަކަމަކަށް ހެދުމެއް ނެތެވެ. އޮތީ ވީހައި ލުއިފަސޭހަގޮތަކަށް ކައިވެނިކޮށްދިނުމެވެ. އެއިރުން މުޖުތަމަޢުން ފާފަތައްކުރެވުންވެސް މަދުވެގެންދާނެއެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

ކައިވެނީގެ ރަން ކިޔާނެ ގޮތަކީ، ދެހެކިން ގެ ގާތުގައި ތިމަންނާގެ ކައިވެނީގެ ރަނަކީ މިވެނި ވަރެކޭ ބުނެލުމެވެ. ކޯޓުން ދޭ ފޯރމް ގައި ކައިވެނީގެ ރަނުގެ ޢަދަދު ޖެހުމަކުން ވެސް މައްސަލަ އެއް ނެތެވެ. ސަބަބަކީ ހެކިން އެ ފޯރމް ގައި ސޮއި ކުރާނެއެވެ. ސޮއި ކުރުމުގެ މާނައަކީ ހެކިންނަށް ކައިވެނީގެ ރަނަކީ ކިހާ ވަރެއް ކަން އެގުމެވެ. 

ކައިވެނީ ގެ ރަނަކީ ފައިސާގެ ޢަދަދަކަށް ވުން ލާޒިމެއް ނޫނެވެ. ހަރުމުދަލަކަށް ވެސް ރަންކިޔިދާނެއެވެ. މިޘާލަކަށް ތިމަންނާގެ ކައިވެނީގެ ރަނަކީ ކާރެކޭ ނުވަތަ ސައިކަލެކޭ، މިގޮތަށް ބުނެވެސް ރަން ކިޔޭނެއެވެ. واللهأعلم 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

 

މިއަދު އޮންލައިން