"ޔާ ﷲ! މި ބަރަކާތްތެރި ރަމަޟާން މަސް ލިބިގަތުމަށްޓަކައި މިއަޅާ ކުރަމުން މިދާ މަސައްކަތްތަކަކީ އިނބަ ﷲ ޤަބޫލުފުޅު ކުރައްވަވާ ކަންކަމުގައި ލައްވަވާނދޭވެ! މިއަޅާއަކީ ގިނަ ފާފަތަކެއް ކުރެވިފައިވާ އަޅަކީމެވެ. އިނބަ ﷲ މިއަޅާއަށް ރަޙުމް ކުރައްވަވައި މިއަލާގެ ފާފަތައް ފުއްސަވައިދެއްވެވުމުން މެނުވީ މިއަޅާއަށް ސަލާމަތްކަމެއް ނެތެވެ. ޔާ ﷲ! މިއަޅާގެ ފާފަތައް ފުއްސަވައި ދެއްވަވާނދޭވެ!" އާމީން
ހުރިހާ ކިޔުންތެރިންނޭވެ! މިއަދުނޫހުން ކިޔުންތެރިންނަށް މިއެއްލާ ﷲ ތަޢާލާގެ ވައުފަށް ކިޔުންތެރިންވެސް ކިޔުންތެރިންގެ އެކުވެރިންނަށް އެއްލަވާށެވެ! މާނައަކީ ޝެއާކޮށްލައްވާށެވެ! އެކަމަށް ޙައްޤު ޖަޒާ ﷲ ތަޢާލާ ދެއްވަވާނެތެވެ!
ﷲ ތަޢާލާގެ މަގަށް ހިތްވަރުދޭ މިލިޔުން އަރުވާތާ 24 ގަޑިރުތެރޭ ޝެއާކުރައްވާ ކޮންމެވެސް 1 ކިޔުންތެރިއަކަށް ހަދިޔާއެއްގެ ގޮތުގައި މިއަދުނޫހުން 4 ފުޅި ސެންޓް އަރުވާނަމެވެ. އިން ޝާ ﷲ
ފަހު ދިހަ ފެށި 21، 23، 25، ފާއިތުވެ މިރެއަކީ 27 ވިލޭރެއެވެ. އެހެންކަމުން މިރެއަކީ ފަހުދިހައިގެ 4 ވަނަ އޮނަހިރިވިލެރެއެވެ.
މިރެއަކީވެސް ލައިލަތުލްޤަދްރިވިލޭރޭ ލިބިގަންނަން ކުރަމުން މިދާ މަސައްކަތުގައި އެންމެ ބޮޑަށް ސަމާލުކަންދޭންޖެހޭ އެއް ރެއެވެ.
މިއަދުނޫހުގެ ކިޔުންތެރިންނަށް މިފަދައިން ހަނދުމަކޮށް އަރުވަނީ ހުރިހާ ބޭފުޅުންވެސް އަވަދިނެތި އުޅުއްވާއިރު ހަމަ މިރެއަކީ 4 ވަނަ އޮނަހިރިރޭކަން ހަނދުމަފުޅު ނެތިދާނެތީ ހަނދުމަފުޅުކޮށް އެރުވުމަށެވެ.
އިން ޝާ ﷲ އަޅުިގަނޑުމެން ދާނީ ﷲ ގެ ވައުފަށް އެއްލަމުންނެވެ. ހިއްޕަވައި ފައިދާ ހޯދުން އޮތީ ކިޔުންތެރިންނަށެވެ.