ހެނދުނުގެ ފުރަތަމަކަމަކަށް މިދުޢާ 3 ފަހަރުކުރާށެވެ! ބިރުގަންނަންޖެހޭ ހުރިހާ ކަމަކުން ރައްކައުތެރިކަން ދެއްވަވާނެތެވެ! އިންޝާ ﷲ: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 54ސ
ހެނދުނުގެ ފުރަތަމަކަމަކަށް މިދުޢާ 3 ފަހަރުކުރާށެވެ!  ބިރުގަންނަންޖެހޭ ހުރިހާ ކަމަކުން ރައްކައުތެރިކަން ދެއްވަވާނެތެވެ! އިންޝާ ﷲ: މުފްތީ މެންކް

ކޮންމެ މީހަކަށްވެސް ހެޔޮއެދޭނެ ބައަކު ތިބޭނެއެވެ. މިބުނަނީ އިޚްލާޞްތެރި އެކުވެރިން ތިބޭނެ ވާހަކައެވެ. ނަމަވެސް އެއީ ނިޞްބަތުން ވަރަށް މަދުބައެކެވެ. އަދި ކޮންމެ މީހަކަށްވެސް ގެއްލުންދޭން ބޭނުންވެގެން އެކަމަށް މަސައްކަތްކުރާ ބައަކުވެސް ތިބޭނެއެވެ. ހިތާމައަކީ އެފަދަ ގިނަ މީހުން ތިބޭނީވެސް އެކުވެރިންގެ ގޮތުގައިކަމެވެ. 

ތިބާއަށް ހެޔޮއެދޭކަމަށް ހެދިގެން ތިބާގެ ކުރިމަތީގައި ހުންނައިރު ހިނިތުންވަމުން ފުރަގަހުން ތިބާގެ ބުރަކަށްޓަށް ވަޅިހަރާނެ މީހުން އަބަދުވެސް ތިބޭނެއެވެ. އަބަދުވެސް ހުންނަން ޖެހޭނީ އެކަން ޤަބޫލުކޮށް އެކަމަށް ތައްޔާރުވެގެންނެވެ.

އެކަމަށްތައްޔާރުވެގެން ހުރުމަކީ އެކަން ދެކެ ބިރުން ހުރުމެއް ނޫނެވެ. އެކަމަށް ބިރުން ހުންނަ މީހަކުނަމަ ލޮލުފިޔަވެސް ނުޖެހޭނެއެވެ. އަބަދުވެސް ހުންނަންޖެހޭނީ އެކަމުގެ ކަންބޮޑުވުމުގައެވެ. 

މީސްތަކުންނަށް މިޙާލަތު ކުރިމަތިވާނެކަން ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. އެހެންވެ ވަޙީކުރައްވަވާފައިވަނީ އެކަލާނގެ ޙަޟްރަތުން ރައްކައުތެރިކަން ލިބިގެން ހުރުމަށެވެ. ﷲ ތަޢާލާ އެމީހަކަށް ރައްކައުތެރިކަން ދެއްވަވައިފި މީހަކަށް ފުރަގަހުންވެސް ކުރިމަތިންވެސް އަދި އެހެން ދިމާއަކުންވެސް އެއްވެސް ގެއްލުމެއް ދެވޭނެ އެއްވެސް މީހަކު ނުހުންނާނެއެވެ! 

بِسْمِ اللهِ الَّذِي لَا يَضُرُّ مَعَ اسْمِهِ شَيْءٌ فِي الأَرْضِ وَلَا فِي السَّمَاءِ وَهُوَ السَّمِيعُ الْعَلِيمُ   

In the Name of Allah, with Whose Name nothing is harmed on earth nor in heaven, and He is the All-Hearing, the All-Knowing. (Repeat three times)

[Abū Dāwūd and al-Tirmidhī 

ހެނދުނުގެ ފުރަތަމަކަމަކަށް މިދުޢާ 3 ފަހަރުކުރާށެވެ! ސުންނަތުން އެނގެންހުރި މިފަދަ ދުޢާތައް ކުރާށެވެ! ﷲ ތަޢާލާ އެމީހަކަށް ރައްކައުތެރިކަން ދެއްވަވާނެވެ. އިން ޝާ ﷲ 

- މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން