ކިތަންމެ ރުޅިއައިނަމަވެސް ދޮގުވާހަކަ ނުފަތުރާށެވެ! އެއީ ޙައްދު ޖަހަންޖެހޭ ކަމެކެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 57ސ
ކިތަންމެ ރުޅިއައިނަމަވެސް ދޮގުވާހަކަ ނުފަތުރާށެވެ! އެއީ ޙައްދު ޖަހަންޖެހޭ ކަމެކެވެ!

އެކުވެރިންކަމުގައި އުޅެފައިވެސް ޚިޔާލުތަފާތުވެ ދެބަސްވާހިނދު އަނެކާ ފަޟީޙަތްކުރުމަށް ދޮގުވާހަކަތައް ފަތުރަން ޖެހިލުން ނުވާ މީހުން ދަނީ ގިނަވަމުންނެވެ. އެހެންކަމުން އެކަމަކީ ކިހައިވަރެއްގެ ނުބައިކަމެއްކަން އެނގުމަކީ މުހިންމުކަމަކަށްވާތީ ދަންނަވާލަމެވެ. 

މިއަދުނޫހުގެ އިއްޔެގެ އެޑިޝަންގައި ޝާއިޢު ކުރެވުނު ޢާއިޝަތުގެފާނުގެ ސީރަތު 24 ގައިވެއެވެ. 

އުއްމުލް މުއުމިނީން ޢާއިޝަތުގެފާނު ވިދާޅުވެފައިވެއެވެ. ތިމަންކަމަނާގެ ކުށެއްނެތްކަމުގެ އާޔަތްތައް ބާވައިލެއްވުމުން މާތް ރަސޫލާ صلّى اللّـه عليه وسلّم މިސްކިތަށް ވަޑައިގެން މިންބަރަށް އަރާވަޑައިގެން އެ އާޔަތްތައް މީސްތަކުންނަށް ވިދާޅުވެދެއްވިއެވެ. އެއަށްފަހު މިންބަރުން ފައިބައިވަޑައިގެން، ދޮގުވާހަކަ ފެތުރުމުގައި ބައިވެރިވި ދެ ފިރިހެނުންނާއި، އަންހެނަކުގެ ގައިގައި ޙައްދު ޖެއްސެވުމަށް އަމުރުކުރެއްވިއެވެ.

{مشكاة المصابيح، كتاب الحدود، الفصل الثاني، ޙަދީޘް ނަންބަރު 3579} 

މިއަދު އޮންލައިން