ރާއްޖޭގެ ޚާރިޖީ ސިޔާސަތު މިނިވަންކުރައްވާނެކަމަށް ޤާސިމް ވިދާޅުވެއްޖެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 51ސ
ރާއްޖޭގެ ޚާރިޖީ ސިޔާސަތު މިނިވަންކުރައްވާނެކަމަށް ޤާސިމް ވިދާޅުވެއްޖެ!

އެމަނިކުފާނުގެ ވެރިކަމެއްގައި ރާއްޖޭގެ ޚާރިޖީ ސިޔާސަތު މިނިވަންކުރައްވާނެކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް ޤާސިމް އިބްރާހީމް ހާމަކުރައްވައިފިއެވެ. 

ޤާސިމް އިބްރާހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެމަނިކުފާނުގެ ސަރުކާރެއްގައި ޢަމަލުކުރައްވާނީ ރައީސް އިބްރާހީމް ނާޞިރާއި ރައީސް މައުމޫނުގެ ވެރިކަމުގައި ޢަމަލުކުރެއްވި ޚާރިޖީ ސިޔާސަތަށް ކަމަށެވެ. 

އެދެބޭފުޅުންގެ ވެރިކަމުގައި ރާއްޖޭގެ ޚާރިޖީ ސިޔާސަތަކީ ފުރިހަމަ މިނިވަންކަން ލިބިގެންވާ ސިޔާސަތެކެވެ. ބަސްބުނަން ޖެހޭ ޙާލަތުގައި ރާއްޖޭގެ ސައިޒަށް ނުބަލައި ދުނިޔޭގެ އެންމެ ބޮޑެތި ޤައުމުތަކަށްވެސް ލިބިގެންވާ މިނިވަންކަމާއިއެކު ބަސްބުނުމުގެ ޙައްޤުގެ ބޭނުން ރާއްޖެއިންވެސް އައީ ކުރަމުންނެވެ.   

މިހާރު ރާއްޖެ އޮތީ "ފިތިފައި" ކަން އެއީ ސަރުކާރުގެ ޢަމަލުތަކުން ހާމަވަމުން އަންނަ ކަމެކެވެ. 

 

މިއަދު އޮންލައިން