ދުނިޔޭގައިވެސް މުއްމިނުންނަށް އެކަނި ދެއްވަވާ ޝަރަފްގެ ވެރިއަކަށްވާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 55ސ
ދުނިޔޭގައިވެސް މުއްމިނުންނަށް އެކަނި ދެއްވަވާ ޝަރަފްގެ ވެރިއަކަށްވާށެވެ!

ޤިޔާމަތް ދުވަހު މުސްލިމުންނަށް ދެއްވަވާނެ މަތިވެރި ޝަރަފުގެ ވާހަކަ އިހަށް ބާއްވާށެވެ! މިދައްކަނީ ދުނިޔޭގައި މުއުމިނުންނަށް އެކަނި ދެއްވަވާ މަތިވެރި ޝަރަފުގެ ވާހަކައެވެ. 

މުއުމިނަކަށް ނޫނީ ނުލިބޭނެ މަތިވެރި ޝަރަފެއްވެއެވެ. އެއީ ތިމާ ކުރާ ހުރިހާ ކަމަކާއި ދުނިޔޭގައި ހިނގާ ހުރިހާ ކަމެއް ﷲ ތަޢާލާ ބައްލަވައި ވޮޑިގެންވާކަން އެނގުމާއިއެކު ﷲ ތަޢަލާ މިންވަރު ކުރެއްވެވި ކަމެއް މެނުވީ، އެކަމެއް ތިމަންނާ ކިތަންމެ ބޭނުންވެގެން އުޅުނު ނަމަވެސް ނުލިބޭނެކަން ޤަބޫލުކުރެވުމެވެ. އެކަން ޤަބޫލުކުރުމުން މުއުމިނަކަށް ލިބޭ ޝަރަފު ދުނިޔޭގެ އެއްވެސް އެހެން މީހަކަށް ނުލިބޭނެކަނަ ﷲ ތަޢާލާ ވަނީ ބަޔާންކުރައްވަވައިފައެވެ. 

މުއުމިނަކަށް ކޮންމެ ކަމެއް މެދުވެރިވި ނަމަވެސް ﷲ ތަޢާލާއަށް ޙަމްދުކޮށް ދުލުން ކިޔާނީ އަލްޙަމްދުލިﷲ އެވެ. ކިތަންމެ ބޮޑު ތަކްލީފެއް އުފުލަން ޖެހުނު ނަމަވެސް އެއީ ﷲ ތަޢާލާ ކުރިމަތިކުރެއްވެވި އިމްތިޙާނެއްކަން ޤަބޫލުކޮށް ކެތްތެރިވާނެއެވެ. 

ޝަކުވާކުރުމުގެ ބަދަލުގައި މުއުމިނުން ކުރާނެ ކަމަކީ ހެޔޮ ރަޙްމަތް ލެއްވެވުން އެދި ދުޢާ ކުރުމެވެ. ތަކްލީފުން ސަލާމަތްކުރެއްވެވުން އެދި ދުޢާކުރުމެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން