ސޭވިންގް އެކައުންޓުގައި ހުންނަ ފައިސާއިން އަހަރަކު ދޭ ފައިދާ ރިބާ އަށް ވަނީ ކީއްވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ
ސޭވިންގް އެކައުންޓުގައި ހުންނަ ފައިސާއިން އަހަރަކު ދޭ ފައިދާ ރިބާ އަށް ވަނީ ކީއްވެ؟

(ކޮމާޝަލް ބޭންކްތަކުގަ ހުންނަ) ސޭވިންގް އެކައުންޓުގައި ހުންނަ ފައިސާ އިން އަހަރަކު ދޭ ފައިދާ ރިބާ އަށް ވާ ގޮތަކީ ގެއްލުމާއި ފައިދާގައި ދެފަރާތް ހަމަހަމަ ނުވާތީވެއެވެ. މާނަ އަކީ ބެންކިން އެފައިސާ އިން ވިޔަފާރިކޮށް ގެއްލުންވީ ކަމުގައިވީ ނަމަވެސް ކަސްޓަމަރ އަށް އެއްކަލަ ފައިދާ ދޭންޖެހެއެވެ. މީގެ ބަދަލުގައި ފައިދާވެއްޖެނަމަ މިވެނި ޕަސެންޓެއް ދޭނަމޭ އަދި ގެއްލުންވެއްޖެނަމަ ދެފަރާތުންވެސް  ޒިންމާ ނަގަން ޖެހޭ ގޮތަށް އޮންނަ ނަމަ މައްސަލަ އެއް ނެތެވެ. واللهأعلم

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް 

ވިސްނައިލާށެވެ! ތިބާގެ އެކައުންޓުގައި ހުރި ފައިސާގެ ތެރެއަށް ބޭންކުން އިންޓަރެސްޓުގެ ގޮތުގައިދޭ މަދު ރުފިޔާކޮޅު ވެއްދުމުން ތިބާގެ ޙަލާކް ފައިސާވެސް ނަޖިސްވެގެންދިއައީއެވެ. 

ދުނިޔޭގެ އެދުންތަކަށް މީސްތަކުން ދަހިވެތިވީލެއް ބޮޑުކަމުން ރިބާ އާއިމެދު މީސްތަކުން މިވަނީ ވަރަށް ބޮޑަށް ޣާފިލުވެފައެވެ. އިތުރު މަޢުލޫމާތު އޮޅުންފިލުވައިލުމަސް ތިރީގައިވާ ލިންކުން ފެންނަ ލިޔުން ކިޔައިލުން ވަރަށް މުހިންމެވެ. 

https://islamqa.info/en/answers/22339/riba-in-islam-permissible

 

 

މިއަދު އޮންލައިން