"އަޅުގަނޑުގެ މައިންބަފައިން އުޅެނީ އަޅުގަނޑު ކައިވެނިކުރުވާނެ ފިރިހެނަކު ހޯދައިގެންނެވެ. އެހެނަސް އޭނާގެ ކިބައަކު އަޅުގަނޑަށް ކަމުދާ އެއްވެސް ސިފައެއް ނެތެވެ. އެހެންވެ މިދަނީ ކައިވެންޏަށް އިންކާރުކުރަމުންނެވެ.
މިހާރު ކުރާކަމަކީ އަޅުގަނޑަށް ބިރުދެއްކުމެވެ. ނުޤަބޫލުވާނަމަ ގެއިން ނެރެލާނެ ކަމަށާއި ދަރިއަކު ކަމަށް ނުބަލާނެ ކަމަށްވެސް އެބަ ބުނެއެވެ. މިއީވެސް ކައިވެނިކުރުވަން އޮންނަ ގޮތެއްތޯއެވެ؟"
ފުރަތަމަ ކަމަކީ މައިންބަފައިން ދެކެ ލޯބިވާންޖެހޭނެ ކަމެވެ. އެމީހުން މުސްކުޅިވާ ދުވަހު ހިތުގައި ޖެހޭނެ އެންމެ ކުޑަމިނުން ބަހެއްވެސް ބުނުމުގެ ހުއްދަނެތް ކަމެވެ. އެހެނަސް އެއިގެ މާނައަކީ ކައިވެނިކުރަން ބޭނުންނުވާ މީހަކާއި ގަދަކަމުން ކައިވެނިކުރުވަން އުޅޭނަމަ އެކަމަށް ރުހުމެއްވެސް ނޫނެވެ. އަދި އަނހެން ދަރިންގެ ނުރުހުމުގައި ގަދަކަމުން ކައިވެނިކުރުވުމަކީ ކުރެވިގެންވާނެ ކަމެއްވެސް ނޫނެވެ.
ތިރީގައިވާ ޙަދީޘްފުޅަށް ބަލާށެވެ.
The Prophet (peace and blessings be upon him) has categorically stated, “A woman who is never married before cannot be given in marriage without her consent; while a woman who is married before cannot be given in marriage without her order!”
އިބްން ޘައިމިއްޔާ ވިދާޅުވެފައިވެއެވެ. "ދަރިން ބޮޑެތިވުމަށްފަހު އެކުދިންނަށް ކާން ބޭނުންވާ ޙަލާލް ތަކެތި ކެއން މަނައެއް ނުކުރެވޭނެއެވެ. އަދި ދަރިން ކައިވެނިކުރަން ބޭނުންނުވާ މީހަކާއި ކައިވެނިކުރަން މަޖުބޫރެއް ނުކުރެވޭނެއެވެ."
އަދި ތިރީގައިވާ ލިޔުންވެސް ކިޔައިލާށެވެ.
ޝައިޚް އެވެ! އަޅުގަނޑުގެ ރައްޓެހި އަންހެނަކު ކައިވެނިކޮށްގެން އުޅޭތާ 4 މަސްވެއްޖެއެވެ. އޭނާގެ ފިރިމީހާ ދެކެ އެއްވެސް ވަރަކަށް ލޯތްބެއް ނުވެއެވެ. އަދި މިހައިތަނަށް އެންމެ ރެއަކުވެސް ދެމަފިރިން އެކުގައި ރެއެއް ނުކުރެއެވެ. އަނބިމީހާ އެކަމަށް އިންކާރުކުރާތީއެވެ. އަނބިމީހާ ބުނަނީ ގަދަކަމުން އޭނާއާއިއެކު ގުޅުމެއް ހިނަގައިފިނަމަ އަމިއްލައަށް މަރުވާނެކަމަށެވެ.
ވީމާ މިޙާލަތުގައި އަނބިމީހާއަށް އޮތީ ކޮން ޙުކުމެއްތޯއެވެ؟ ދެއްވަވާނީ ކޮން ޢަޛާބެއްތޯއެވެ؟
ޝައިޚް ޢާސިމް އަލް-ޙަޚީމްގެ ޖަވާބު:
4 މަހުގެ ކޮންމެރެއަކު ފަތިސް ފަތިސްވަންދެން އޭނާއަށް ލަޢްނަތްލެއްވެވުން އެދި މަލާއިކަތުން ދުޢާކުރައްވާނެތެވެ. ކައިވެނީގެކުރިން އަދި ކައިވެނިކުރިވަގުތުވެސް އަންހެން މީހާ ކައިވެންޏަށް ދެކޮޅު ނުހަދާނަމައެވެ. އަންހެން މީހާ ދެކޮޅު ހަދާފައިވާނަމަ ލަޢްނަތް ދެއްވަވާނީ އޭނާގެ ނުޤަބޫލުގައި ކައިވެނި ކުރުވި ބައްޕައަށާއި ކައިވެނިކުރި ފިރިހެނާއަށެވެ.